އައްޑޫއާއި ފުވައްމުލައް ނޭޗާރޕާކު ބަލަހައްޓާ މުވައްޒަފުން ކައުންސިލްތަކުގެ ދަށަށް

އައްޑޫ ނޭޗާރ ޕާކް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ އަދި ފުވައްމުލައް ސިޓީ ނޭޗާރޕާކް ބެލެހެއްޓުމުގައި ހަރަކާތްތެރިވާ މުވައްޒަފުން އެ ދެ ސިޓީގެ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުކޮށްފިއެވެ.

މީގެ ކުރިން މި ދެ ސިޓީގެ ނޭޗާރޕާކް ބެލެހެއްޓުމުގައި ހަރަކާތްތެރިވާ މުވައްޒަފުން މަސައްކަތްކޮށްފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ދަށުންނެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މި ބަދަލަކީ މި އަހަރުގެ ޖޫން ފަސްވަނަ ދުވަހު އައްޑޫ ސިޓީ ކައުންސިލާއި ފުވައްމުލައް ސިޓީ ކައުންސިލާއެކު އެ މިނިސްޓްރީން ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުގެ މަތިން ގެނެވުނު ބަދަލެއްކަމުގައެވެ.

އަދި މި ބަދަލު ގެނައުމުގެ ބޭނުމަކީ ތިމާވެށިގެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ހިންގާ ބެލެހެއްޓުމުގައި ލާމަރުކަޒުކުރުން ކަމަށާއި ކައުންސިލްގެ ދައުރު ފުޅާކުރުންކަމަށްވެސް މިނިސްޓްރީންވަނީ ބުނެފައެވެ.

އަދި މީގެ އިތުރުން މިނިސްޓްރީގެ މަސައްކަތްތައް ތަރުތީބުކުރުމަކީވެސް މި ގޮތަށް ނިންމުމުގެ އެއްބޭނުމެވެ.

comment ކޮމެންޓް