އިންޑިއާ-ރާއްޖެ އަސްކަރީ ތަމްރީނެއް ނިންމުމުގައި ބައިވެރިވާން މަނަވަރެއް އަތުވެއްޖެ

ރާއްޖެއައި އިންޑިއާގެ އަސްކަރީ މަނަވަރު "ޝަރްދާ"

އިންޑިއާއާއި ރާއްޖޭގެ އަސްކަރިއްޔާ ގުޅިގެން ކުރިޔަށް ގެންދާ "އެކަތަ-4" ތަމްރީނުތައް ނިންމުމުގެ ރަސްމިއްޔާތު ނިންމުމުގއި އިންޑިއާގެ މަނަވަރެއް ރާއްޖެ އަތުވެއްޖެއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އިންޑިއާގެ އަސްކަރީ މަނަވަރު "އައިއެންއެސް ޝަރްދާ" ރާއްޖެ އަތުވީ މިއަދުއެވެ.

މަނަވަރު ފުރުމަށް ހަމަޖެހިފައިޗވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.

އެމްއެންޑީއެފުން ބުނީ އިންޑިއާގެ އަސްކަރީ މަނަވަރު "ޝަރްދާ" ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ މި މަހު 12 ގައި ކަަމަށެވެ.

އެމްއެންޑީއެފާ އިންޑިއާ ގުޅިގެން އަބަދުވެސް އެކި އަސްކަރީ ހަރަކާތްތައް އަންނަނީ ހިންގަމުންނެވެ. އޭގެ ތެރެއިން 1991 ވަނަ އަހަރުން ފެށިގެން ކުރިޔަށް ގެންދަމުން އަންނަ "ދޯސްތީ" އެކްސަސައިޒް ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް