މިމަހުގެ 30 އިން ފެށިގެން ސައުތުއޭޝިއާ ފަތުރުވެރިންނަށް ގެސްޓްހައުސްތައް ހުޅުވާލަނީ

ރާއްޖެ އައި ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި --- ސަން ފޮޓޯ

މި މަހުގެ 30 އިން ފެށިގެން ސައުތުއޭޝިއާގެ ފަތުރުވެރިންނަށް ގެސްޓްހައުސްތައް ހުޅުވާލަން ނިންމައިފިއެވެ.

މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ގެސްޓްހައުސްތައް ހުޅުވާލާއިރު ގެސްޓްހައުސްތައް ހިންގާ ރަށްރަށުގެ ރައްކާތެރިކަމަށް އިސްކަންދޭނެކަމަށެވެ.

އެގޮތުން ގެސްޓްހައުސް ހިންގާ ރަށްރަށުގެ އާބާދީގެ 60 ޕަސެންޓު މީހުންނަށް ވެކްސިން ދިނުމަށް އިސްކަން ދޭނެކަމަށާއި ގެސްޓްހައުސްތަކުގައި މަސައްކަތްކުރާ މީހުންގެ 90 ޕަސެންޓު މީހުންނަށް ވެކްސިން ދިނުމަށްވެސް އިސްކަންދޭނެކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ގެސްޓްހައުސް ހިންގާ ރަށްރަށުގައި އުޅޭ 60 އަހަރުން މަތީގެ އާބާދީއަށް ވެކްސިން ދިނުމަށް އިސްކަން ދޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މަހުގެ 30 ވަނަ ދުވަހު ސައުތުއޭޝިއާގެ ފަތުރުވެރިންނަށް ގެސްޓުހައުސްތައް ހުޅުވާލަން ނިންމާފަވާއިރު މި މަހުގެ 15 އިން ފެށިގެން ސައުތުއޭޝިއާގެ ފަތުރުވެރިންނަށް ރިސޯޓުތައް ހުޅުވާލުމަށްވެސް ވަނީ ނިންމާފައެވެ.

comment ކޮމެންޓް