މިނިވަން ދުވަސް ފާގަކުރުމަށް މާލޭގައި ލައިވް މިއުރަލް އާޓު ހަރަކާތެއް ބާއްވަނީ

ދ. ރިނބުދޫ ސަގާފީމަގުގައި

މި އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން މާލޭގައި ލައިވް އާޓް ހަރަކާތެއް ކުރިޔަށް ގެންދަން ނިންމައިފިއެވެ.

ނޭޝަނަލް ސެންޓަރ ފޯރ ދި އާޓްސްއިން ކުރި އިއުލާނެއްގައި ބުނީ މި އަހަރުގެ މިނިވަން ދުވަސް ފާހަގަކުރަން މާލޭގައި މިއުރަލް ކުރެހުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި, އެކަމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކެއް ހޯދަން ބޭނުންވާ ކަމާށެވެ.

އެންސީއޭއިން ބުނީ އެކަމަށް ޝައުގުވެރިވާ އާޓިސްޓުން [email protected] އަށް މެއިލް ކުރުމަށް އެދޭ ކަމަށެވެ. މެއިލް ފޮނުވުމުގެ ސުންގަޑިއަކީ 12 ޖުލައި 2021 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 އެވެ.

އަދި ޝައުގުވެރިވާ ފަރާތްތަކުން އިތުރު މައުލޫމާތު ސާފުކުރުމަށް 3313456 ނަންބަރު ފޯނަށް ގުޅުމަށް ނުވަތަ [email protected] މެއިލްކުރުމަށް ވެސް ނޭޝަނަލް ސެންޓާރ ފޯ ދި އާރޓްސް އިން ވަނީ އެދިފައެވެ.

މިއުރަލް ކުރެހުމުގެ ހަރަކާތެއް ކުރިއަށް ގެންދަން ނިންމާފައިވާ އިރު, މާފަންނު ބޮޑުގޭގައި ހަދާ ޕާކިން ލޮޓުގެ ފާރުގައި މާލޭ ސިޓީ ކައުންސިލުން ހަވާލުކޮށްގެން އާޓިސްޓުންތަކެއް ގެންދަނީ މިއުރަލްތަކެއް ކުރަހަމުންނެވެ.

މިއުރަލް ކުރެހުމަކީ ސިޓީތަކާއި ރަށްރަށް ރީތިކޮށްދޭ ކަމެއް ކަމުން, ދ. ރިނބުދޫގައި 2019 ވަނަ އަހަރުން ފެށިގެން ދިޔައީ އެރަށުގެ މަގެއްގެ ފާރުތަކުގައި ދިވެހި އާޓިސްޓުން ލައްވާ މިއުރަލްތަކެއް ކުރަހާފައެވެ. ރިނބުދޫގެ "ސަގާފީމަގު"ގެ ނަމުން ނަން ދީފައިވާ އެ މަގުގެ ފާރުތަކުގައި މޯލްޑިވިއަން އާޓިސްޓްސް ކޮމިއުނިޓީ (މެކް)ގެ އާޓިސްޓުން ކުރެހި މިއުރަލްތަކުން ދައްކައިދެނީ ރިނބުދޫގައި ކުރާ މަސައްކަތްތަކާއި ރާއްޖޭގެ ސަގާފަތާއި ގުދުރަތީ ރީތިކަމެވެ.

މި އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ހޯމް މިނިސްޓްރީން ވަނީ މުޅި ރާއްޖެ ހިމެނޭހެން 18 ގަޑިއިރަށް ދިގުދެމިގެންދާ ޓީވީ ޝޯއެއް ކުރިޔަށް ގެންދަން ނިންމާފައެވެ.

އަދި ގިނަ މީހުން އެއްވާނެ ގޮތަށް ހަރަކާތްތައް ކުރިޔަށް ގެންދިޔުމުގެ ވިސްނުމެއް ނެތްކަމަށްވެސް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

comment ކޮމެންޓް