ޑަބްލިއުއެޗްއޯގެ އިންޒާރު: ކޮވިޑު19 އަދި ނުނިމޭ!

ޑަބްލިޔުއެޗްއޯ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރިސަސް

ކޮވިޑު19 އަދި ނުނިމޭކަމަށް ޑަބްލިޔުއެޗްއޯ އިން ގައުމުތަކުގެ ސަރުކާރުތަކަށް ހަނދާންކޮށްދީފިއެވެ.

ޑަބްލިޔުއެޗްއޯ އިން މިފަދައިން ހަނދާންކޮށްދީފައި މިވަނީ ކޮވިޑާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް އެކި ގައުމުތަކުން، ބޮޑެތި ލުއިތައް ދިނުމަށް އިއުލާނުކޮށްފައިވާ ވަގުތެއްގައެވެ.

ޑަބްލިޔުއެޗްއޯއިން ބުނީ ކޮވިޑުގެ ފިޔަވަޅުތަކަށް ލުއިދޭން އަދި މާ އަވަސްކަމަށެވެ. މީގެ އިތުރުން ކުރިން މާ އަވަހަށް ލުއިތައް ދޭން ފެށި ގައުމުތައް ބޮޑު ނުރައްކަލެއްގެ ތެރެއަށް އަލުން ވެއްޓުނުކަމަށްވެސް އެ އެ ޖަމްއިއްޔާ އިން ވަނީ ބުނެފައެވެ.

ހޯމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޔޫއެންގެ ހެލްތު އެޖެންސީގެ ޓޮޕް އެމަޖެންސީ ހެލްތު އެކްސްޕާޓް މައިކް ރަޔަން ވިދާޅުވީ ކޮވިޑްގެ ބަލީގެ އާ ރާޅެއް މުޅި ދުނިޔެއަށް އައިސްދާނެކަމަށެވެ. އަދި ކޮވިޑް19 ޕެންޑަމިކް އަދި މި ފެށުނީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެމެރިކާގެ ހުރިހާ ގައުމަކުން ވެސް އަދިވެސް މިލިއަނަށްވުރެ ގިނަ ކޭސް ހަފްތާއެއްގެ ތެރޭ އެބަ ފެނޭ. ޔޫރަޕުގެ ހާލަތުވެސް ހަމަ މިފަދަ. ބައި މިލިއަން ކޭސް ހަފްތާއަކުން އެބަ ފެނޭ. އަދި މި ބަލި ނައްތާލެވުނީ ކަމަކަށް ނުބެލެވޭނެ،" އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ ގައުމަތަކަށް ޑަބްލިއުއެޗްއޯ އިން އިންޒާރުދީފައިވަނީ އަލަށް ފެތުރެން ފެށި ޑެލްޓާ ވޭރިއެންޓާ މެދު ސަމާލުވުމަށް އަންގާފައިވާ ދަނޑިވަޅެއްގައެވެ.

މިހާތަނަށް ފެތުރުނު ވޭރިއެންޓްތަކަށް ބަލާއިރު ޑެލްޓާ ވޭރިއެންޓަކީ އެންމެ ފަސޭހައިން ފެތުރޭ ވޭރިއެންޓެވެ.

ދުނިޔޭގެ ސަތޭކައަށް ވުރެ ގިނަ ގައުމަށް މި ވޭރިއެންޓު މިހާރު ވަނީ ފެތުރިފައެވެ. ޑެލްޓާ ވޭރިއެންޓް އެންމެ ފުރަތަމަ ފެނުނީ މި އަހަރުގެ އެޕްރީލް މަހުގެ ތެރޭ އިންޑިއާއިންނެވެ.

comment ކޮމެންޓް