ދިވެހިބަހުން ލިޔެފައިވާ ނަސާރާ ދީނުގެ ލިޔުންތަކެއް ރާއްޖެ އެތެރެކޮށްފި

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް --- ފޮޓޯ/ ޕީއެސްއެމް

ޕޯސްޓްގެ ޒަރިއްޔާއިން ރާއްޖެ އެތެރެކުރާ ލިޔުންތަކުގެ ތެރޭގައި ނަސާރާ ދީނުގެ ލިޔުންތައް ހިމެނޭކަމަށް ފާހަގަ ކުރެވިފައި ވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފި އެވެ.

އެގޮތުން، ބޭރުގެ އެކިއެކި ފަރާތްތަކުގެ ނަމުގައި ފޮނުވާ މި ލިޔުންތައް އެޑްރެސް ކޮށްފައި ހުންނަނީ ރާއްޖޭގެ އެކި މުއައްސަސާ ތަކާއި އަމިއްލަ ކުންފުނި ތަކުގެ އިތުރުން، އަމިއްލަ ފަރުދުންނަށް ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސް އިން އިތުރަށް ބުނީ، ސިޓީ އުރައަކަށް ލާފައި ފޮނުވާ މި ލިޔުންތަކަކީ، އެޑްރެސް ކޮށްފައި ހުންނަ ފަރާތްތަކަށް އެނގުމަކާ ނުލައި، އޮޅުވާލައިގެން ފޮނުވާ ލިޔުންތަކެއް ކަމަށް ފާހަގަ ކުރެވިފައި ވާ ކަމަށެވެ.

ޣައިރު ދީންތަކުގެ މައުލޫމާތު ހިމެނޭ ފޮތްތައް ރާއްޖެ ގެނައުމަކީ ގާނޫނީގޮތުން ކުށެކެވެ. އެހެންކަމުން މިފަދަ ލިޔުންތައް ރާއްޖެ އެތެރެވިޔަ ނުދީ ކަސްޓަމްސް އިން ހިފަހައްޓަމުން ދާ ކަމަށާއި މިފަދަ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް ފުލުހުންނާ އެކުގައި މަސައްކަތް ކުރާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

comment ކޮމެންޓް