އަޝްމަލީގެ ބަންދަށް 14 ދުވަސް ޖަހައިފި

މުހައްމަދު އަޝްމަލީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސްރީލަންކާގެ މައުންޓް ލެވިނިއާގައި 15 އަހަރުގެ ކުޑަކުއްޖަކު ލައްވާ ހަށިވިއްކުވި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީގެ ބަންދަށް 14 ދުވަސް ޖަހައިފި އެވެ.

އުމުރުން 15 އަހަރުގެ ކުޑަކުއްޖާ ލައްވާ ހަށިވިއްކުވި މައްސަލައިގައި ހިމެނޭ ހަތަރު މީހުންގެ ބަންދައް ވެސް މުއްދަތު ޖަހާފައި ވާ ކަމަށް ލަންކާގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައި ވެއެވެ.

ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ މައްސަލައިގައި 32 މީހަކު ހައްޔަރުކޮށްފައިވެއެވެ.

މައުންޓް ލަވިނިއާގައި 15 އަހަރުގެ ކުއްޖަކު ލައްވާ ތިން މަސް ވަންދެން ހަށިވިއްކުވި މައްސަލައެއްގައި މީހަކު ފުރަތަމަ ހައްޔަރު ކުރީ މިދިޔަ މަހުގެ ހަތެއްގަ އެވެ. އަދި އެ މައްސަލާގައި މިހާތަނަށް 31 މީހަކު ހައްޔަރުކޮށް، ކުޑަކުއްޖަކު ރޭޕް ކުރި ކަމުގެ ތުހުމަތު 12 މީހަކަށް ކޮށްފައިވެ އެވެ.

ސްރީލަންކާގެ ފުލުހުންގެ ތަރުޖަމާނާ ހަވާލައިދީ އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން މައްސަލާގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ކުއްޖާގެ މަންމަވެސް ހިމެނެ އެވެ.

comment ކޮމެންޓް