އަލިފުށީގައި އަންހެނަކު ރޭޕްކުރި މީހެއްގެ މައްޗަށް ދައުވާކޮށްފި

ފެބްރުއަރީ 15، 2021: ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރ. އަލިފުށީގައި އަންހެނަކު ރޭޕްކުރި މައްސަލާގައި މީހެއްގެ މައްޗަށް ދައުވާކޮށްފިއެވެ.

އެ މައްސަލައިގައި ޕީޖީ އޮފީހުން ދައުވާކޮށްފައިވަނީ އެ ރަށު ރޯޝަނީއާގެ، ނާއިލް އަބްދުالله‎ގެ މައްޗަށެެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ އަދި މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު މިއަދު ވިދާޅުވީ މިދިޔަ މާޗު މަހުގެ އެއްވަނަ ދުވަހު އަލިފުށީގައި އަންހެނަކު ރޭޕްކުރި މައްސަލާގައި ނާއިލްގެ މައްޗަށް ޖިންސީ ކުށުގެ ގާނޫނު ގެ 14 ވަނަ މާއްދާގެ ދަށުން ރޭޕްކުރުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަަމަށެެވެ.

އޭނަ އެ އަންހެން މީހާ ރޭޕްކޮށްފައި ވަނީ އެ އަންހެން މީހާ ނިދަފައި އޮއްވައި ކޮޓަރިއަށް ވަދެ ގަދަކަމުންނެވެ.

ޖިންސީ ކުށުގެ 14 ވަނަ މާއްދާގައި ބުނާގޮތުން ރޭޕުކުރާ މީހާގެ އަދަބަކީ، އެ ކުށް ކުރީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ކަމުގައިވާނަމަ، އެ ކުށް ކުރި މީހާ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އެ ކުށް ކުރީ އެނޫންގޮތަކަށް ކަމުގައިވާނަމަ، އެ ކުށް ކުރި މީހާ 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

comment ކޮމެންޓް