ރެވެނިއު ސްޓޭމްޕް ޖެހުން އުވާލުމަށް ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ރަސްމީ ލިޔެކިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުން އުވާލަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރާއްޖޭގައި ރަސްމީ ލިޔެކިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖަހަމުން އަންނަނީ 1970 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ގާނޫނެއްގެ ދަށުންނެވެ.

މި ގާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ބިލެއް ހުށަހެޅުއްވީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއެވެ..

މި ބިލް ދިރާސާކޮށް މުޅި މަޖިލީހުގެ ކޮމެޓީން ނިންމި ގޮތަށް މަޖިލީހުން ފާސްވީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 45 މެމްބަރުންގެ ތެރެއިން 44 މެމްބަރުންގެ ވޯޓުން ނެވެ.

ބިލު އުވާލުމަށް ހުށަހެޅި ސަބަބުގެ ގޮތުގައި ބުނެފައި ވަނީ، އެ ގާނޫނަކީ ވަރަށް ދުވަސްވެފައިވާ ގާނޫނެއް ކަމަށާއި އެ ގާނޫނުގެ ދަށުން ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމު ހިންގުމަށްތަކައި ހިނގާ ހަރަދާ އަޅާބަލާ އިރު ލިބޭ އާންމުދަނީއަކީ އެކަށީގެންވާ އާންމުދަނީއެއް ނޫން ކަމަށެވެ.

އަދި އެއީ އާންމު ވިޔަފާރި ތަކަށް ވެސް ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިލާން ޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.

އެގޮތުން ރާއްޖޭގައި ވިޔަފާރިކުރުމަށް އޮތް ފުރުސަތުތައް ލުއިފަސޭހަކޮށްދިނުމަށްޓަ ކައި، ރެވެނި ސްޓޭމް ޖެހުމުގެ ނިޒާމް އުވާލުމުގެ މަގްސަދުގައި ބިލު ހުށަހެޅި ކަމަށް އާޒިމްގެ ބިލުގައިވެ އެވެ.

comment ކޮމެންޓް