މުސްކުޅިވުން ލަސްކޮށްދޭ 5 ކާނާއެއް.

އުމުރުން ދުވަސްވެ ހަށިގަނޑަށް އަންނަ އެކި ބަދަލުތައް ކުޑަކޮށް ޒުވާންކަންމަތީ ދެމި ހުރުމަށް، އެކި މީހުން އެކި ކަންކަން ކޮށް އުޅެއެވެ. ބައެއް މީހުން އެކި ވައްތަރުގެ ސްކިން ކެއާ ޕްރޮޑަކްޓްސް ބޭނުން ކުރާއިރު ބައެއް މީހުން ތަފާތު އެކިއެކި ފަރުވާތައް ހޯދައެވެ. ދުވަސްވެ ހަށިގަނޑަށް އަންނަ ބަދަލުތައް ކުޑަކޮށް ޒުވާންކަންމަތީ ތިމާ ހުރުމަށް ބޭނުންކުރެވޭ އެކި ބާވަތުގެ ކާނާ ހުރެއެވެ.

ވޯޓާރކްރެސް

ވޯޓާރކްރެސް

މުސްކުޅިކަމުގެ އަލާމާތްތައް ހަށިގަނޑުން ފެންނަ ފެނުން ލަސްކުރުމަށްޓަކައި ވޯޓާރކްރެސްއަކީ ވަރަށް ބޭނުންތެރި އެއްޗެކެވެ. ކެބެޖު އާއިލާއަށް ނިސްބަތްވާ ވޯޓާރކްރެސްއަކީ ކެލްސިއަމް، ޕޮޓޭސިއަމް، މެންގަނީޒް، ފޮސްފަރަސް އަދި ވިޓަމިން އޭ، ސީ، ކޭގެ އިތުރުން ބީ-1 އަދި ބީ-2 ހިމެނޭ އެއްޗެކެވެ. ވޯޓާރކްރެސްއަކީ އިންޓާރނަލް ސްކިން އެންޓިސެޕްޓިކެއްގެ ގޮތުގައި މަސައްކަތްކޮށް ހަށިގަނޑުގައި މިނެރަލް ދައުރުވުން ރަނގަޅުކޮށްދޭ އެއްޗެކެވެ. މީގެ އިތުރުން އޭގައި އެކުލެވޭ ވިޓަމިން އޭ އާއި ސީގެ ސަބަބުން މޫނުގައި ބިހިނެގުންފަދަ ކަންކަމުން ދުރުކޮށްދެއެވެ. ވޯޓާރކްރެސްއަކީ ފަތެއްކަމުން ސެލެޑެއްގެ ގޮތުގައި ވެސް ކެއުމުގައި މިފަތް ބޭނުން ކުރެވޭނެއެވެ.

ރެޑްބެލް ޕެޕާރ

ރެޑްބެލް ޕެޕާރ

ރެޑްބެލް ޕެޕާރ އަކީ ގިނަ އަދަދެއްގެ އެންޓި އޮކްސިޑެންޓްސް ހިމެނޭ އެއްޗެކެވެ. އެހެންކަމުން މިއީ ދުވަސްވުމުގެ އަލާމާތްތައް ދުރުކޮށްދިނުމަށް ވަރަށް ބޮޑަށް މަސައްކަތްކުރާ ކާނާއެކެވެ. އޭގެ އިތުރުން ރެޑްބެލް ޕެޕާރ ގައި ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލިފައިވެވެއެވެ. މިއީ ކެލޮގެން އުފެއްދުމަށް މުހިންމު ވިޓަމިންއެކެވެ. ރެޑްބެލް ޕެޕާރ ގައި ކެރެޓެނޮއިޑްސް ނަމަކަށް ކިޔާ ބާރުގަދަ އެންޓިއޮކްސިޑެންޓެއް ހިމެނެއެވެ. ބެލް ޕެޕާރ އަކީ އާންމުކޮށް ލިބެން ހުންނަ އެއްޗެކެވެ.

ފަޅޯ

ފަޅޯ

ފަޅޮލަކީވެސް ދުވަސްވުމުގެ އަލާމާތްތައް ދުރުކޮށްދިނުމަށް ދުރުކޮށްދޭ މޭވާއެކެވެ. އާންމުގޮތެއްގައި ލިބެން ހުންނަ މި މޭވާގައި ގިނަ އަދަދެއްގެ ވިޓަމިން އެކުލެވޭ މޭވާއެކެވެ. އެގޮތުން ވިޓަމިން އޭ، ސީ، ކޭ، އީ، އަދި ބީ ވިޓަމިންސް ފަޅޯގައި ހިމެނެއެވެ.

ބްރޮކޮލީ

ބްރޮކޮލީ

ބޮރޮކޮލީއަކީވެސް އުމުރުން ދުވަސްވުމުން ހަށިގަނޑަށް އަންނަ ބަދަލުތައް ކުޑަކޮށްދޭ ތަރުކާރީއެކެވެ. ފައިބާރ އާއި ކެލްސިއަމް އެކުލެވޭ މި ތަރުކާރީގައި ތަފާތު އެކި ވައްތަރުގެ އެންޓިއޮކްސިޑެންޓްވެސް ހިމެނެއެވެ. މީގެ އިތުރުން ވިޓަމިން އޭ އަދި ސީ ވެސް ބްރޮކޮލީއިން ލިބެއެވެ. މިއީ ހަށިގަނޑުގެ ހަންގަނޑު ދޫވެ، ރޫޖެހުން ދުރުކޮށްދީ ހަނގަނޑުގެ ރީތިކަން އިތުރުކޮށްދިނުމަށް ވެސް މުހިންމު ދައުރެއް އަދާކޮށްދޭ ތަރުކާރީއެކެވެ.

ނަޓްސް

އަލްމަންޑް(މަތީގައި) އަދި ވޯލްނަޓް(ތިރީގައި)

ތަފާތު އެކި ވައްތަރުގެ ނަޓްސްއަކީ އާންމުގޮތެއްގައި މީހުން ކައި އުޅޭ އެއްޗެކެވެ. އެގޮތުން އަލްމަންޑް، ވޯލްނަޓްސް އަކީ ހަނގަނޑު ރީތިކޮށް ބެހެއްޓުމަށް އެހީވެދޭ ބާވަތެކެވެ. އަލްމަންޑުގައި ގިނަ އަދަދަކަށް ވިޓަމިން އީ އެކުލެވިފައިވެއެވެ. މިއީ ހަށިގަނޑުގެ ހަންގަނޑުގެ ސެލްތައް މަރާމާތުކޮށްދީ ޔޫވީ ރޭ އިން ހަންގަނޑު ރައްކާތެރިކޮށްދިނުމަށް އެހީވެދޭ މުހިންމު ވިޓަމިން އެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު