ސާފުކުރަން ބޭނުންވާ ހުރިހާ ސާމާނު ސިޓީ އިންވެސްޓްމަންޓުން

ޕެންޑެމިކްއަކާ ކުރިމަތިވުމުން ދަސްވި އެއް ކަމަކީ ސާފުތާހިރުކަމުގެ މުހިންމު ކަމެވެ. ސާފުކުރުމަށާއި ހައިޖީންއާ ގުޅޭ އެކި ބްރޭންޑްތަކުގެ ގިނަ އަދަދެއްގެ އުފެއްދުންތައް ބާޒާރުގައި ލިބެން ހުރިއިރު، ސިޓީ އިންވެސްޓްމަންޓުގެ ދަށުން ހިންގާ ސިޓީ އިނޮވޭޓިވް ހައިޖީންއަކީ ކޮލެޓީ ރަނގަޅު، މިފަދަ މޮޅު އުފެއްދުންތައް ހޯލްސޭލްކުރާ ތަޖުރިބާކާރު ކުންފުންޏެކެވެ.

މިފަދަ އުފެއްދުންތަކަށް އޮތް ޑިމާންޑު ބޮޑުވުމާއެކު ސިޓީ އިނޮވޭޓިވް ހައިޖީންއިން ވަނީ ރީޓެއިލް މާކެޓަށްވެސް ވިޔަފާރި ފުޅާކޮށް، ކޮންމެ މީހަކަށްވެސް ފަސޭހަކަމާއެކު އެކުންފުނިން ވިއްކާ އުފެއްދުންތައް ގަނެވޭނެ މަގުފަހިކޮށްދީފަ އެވެ.

ސިޓީ އިނޮވޭޓިވް ހައިޖީންއިން ވިއްކާ ހުރިހާ އުފެއްދުންތަކަކީވެސް އީކޯ ފްރެންޑްލީ ނުވަތަ ތިމާވެއްޓާ ރަހުމަތްތެރި އުފެއްދުންތަކެކެވެ. އޭގެ ތެރޭގައި ހިމެނޭ އީކޯ ފްރެންޑްލީ އެއާ ފްރެޝްނާ އަދި ފްލޯ ކްލީނާތަކަކީ 100 ޕަސެންޓު ގުދުރަތީ މާއްދާތަކުން ތައްޔާރުކޮށްފައިވާ، އެއްވެސް ކެމިކަލެއް އޭގައި ބޭނުންކޮށްފައި ނުވާ އުފެއްދުންތަކެކެވެ.

ގެއާއި އޮފީސް ފަދަ ތަންތަނުގައި ހުންނަ ފަރުނީޗަރުގައި އަވަސް އަވަހަށް ހިރަފުސް ހިފާ މައްސަލައަށް ބޭނުންވާ ހައްލުވެސް ސިޓީ އިނޮވޭޓިވް ހައިޖީންއިން ލިބެން ހުރެ އެވެ. އެތަނުން ވިއްކާ ފަރުނީޗަރު ޕޮލިޝް ހާކާލުމުން 1-2 ހަފްތާގެ މުއްދަތަކަށް ފަރުނީޗަރުގައި އެއްވެސް ހިރަފުހެއް ނުހިފަ އެވެ.

މީގެ އިތުރުން ސިޓީ އިނޮވޭޓިވް ހައިޖީންއިން ވިއްކާ އެހެން އުފެއްދުންތަކުގެ ތެރޭގައި ހޭންޑް ސޯޕް، ސެނިޓައިޒާ، ޑިސްޕެންސާގެ އިތުރުން ޕެންޑެމިކް ހާލަތުގައި ބޭނުްކުރާ ސްޕްރެޔާ އާއި ހަޒްމަތު ސޫޓުވެސް ހިމެނެ އެވެ.

ސިޓީ އިނޮވޭޓިވް އިންވެސްޓްމަންޓުން ވިއްކާ ގިނަ އުފެއްދުންތަކަކީ އިޓަލީއާއި އޮސްޓްރިއާގެ އެންމެ ކޮލެޓީ ރަނގަޅު ބްރޭންޑްތަކުގެ އުފެއްދުންތަކެވެ. އޭގެ ތެރެއިން އެތަނުން ވިއްކާ ހެގްލައިޓްނާ، ޒީބޫ އަދި އިންޓެގްރަލް 4ކޭ ޕްލަސް ބްރޭންޑުގެ ހުރިހާ އުފެއްދުންތަކަށް 18 މަސް ދުވަހުގެ ވޮރެންޓީވެސް ލިބޭނެ އެވެ.

މީގެ އިތުރުން އެކި ސާފަސްތައް ޑިސްއިންފެކްޓު ކުރަން ބޭނުންވާ ލިކުއިޑްވެސް ސިޓީ އިނޮވޭޓިވް އިންވެސްޓްމަންޓްގެ ޝޯރޫމުން ވަގުތުން ތައްޔާރުކޮށްދެ އެވެ. މިކަމަށް ބޭނުންކުރަނީ މެޑިކަލް ގްރޭޑްގެ ޑިސްއިންފެކްޓެންޓް ލިކުއިޑެވެ. ހަމެއްގެ އަގަކީ 150 ރުފިޔާ އެވެ. އަދި އަމިއްލަ ހަމަކަށް އަޅާނަމަ އެ އަގު 100 ރުފިޔާއަށް ކުޑަވާނެ އެވެ.

ސިޓީ އިނޮވޭޓިވް ހައިޖީން ޝޯރޫމް ހުންނާނީ ބޮޑުތަކުރުފާނު މަގާއި ލޮޓަސް ގޯޅި ގުޅޭ ކަންމަތިން، ސިޓީ ގާޑަންގެ ގްރައުންޑް ފްލޯގަ އެވެ. އެތަނުން ވިއްކާ އުފެއްދުންތަކާ ގުޅޭ އިތުރު މައުލޫމަތު 3029839 އަށް ގުޅައިގެން ނުވަތަ ފޭސްބުކް ޕޭޖުން ބަލައިލެވޭނެ އެވެ.

ސިޓީ އިންވެސްޓްމަންޓުން ވިއްކާ ހުރިހާ މުދަލެއްވެސް މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން ބޯޓުފަހަރަށް ޑެލިވަރީވެސް ކޮށްދޭނެ އެވެ.

comment ކޮމެންޓް