ދިރާގު ބިޒް ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތަކަށް ބޮޑު ބަދަލެއް

ދިރާގު ބިޒް ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތަކަށް ބޮޑު ބަދަލެއް ގެނެސްފި----

ދިރާގުން އެކުންފުނީގެ ބިޒް ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތަކަށް ޖުލައި މަހުން ފެށިގެން ބޮޑެތި ބަދަލުތަކެއް ތައާރަފުކޮށްފިއެވެ.

އެ ބަދަލުތަކާއެކު މިހާރު ބިޒް ފައިބަރ ހިދުމަތުން ކުރިއަށްވުރެ ގިނަ ކަންތައްތައް ކަސްޓަމަރުންނަށް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެގޮތުން ގެނައި ބަދަލުތަކާއެކު އިތުރު ހަރަދަކާ ނުލާ 40 ޕަސެންޓާ 150 ޕަސެންޓާ ދެމެދުގެ އަދަދަކަށް އިތުރު ޑޭޓާ އަދި ބައެއް ކަސްޓަމަރުންނަށް 100 ޕަސެންޓާ ހަމައަށް އިތުރު ސްޕީޑް ވެސް ލިބިގެންދާނެ ކަަމަށް ދިރާގުން ބުނެއެވެ.

ދިރާގު ބިޒް ފައިބާ ބްރޯޑްބޭންޑް ގެންގުޅުއްވާ ކަސްޓަމަރުނަށް ޕެކޭޖަށް އައިސްފައިވާ ބަދަލުތައް ދިރާގު ވެބްސައިޓުގައިވާ "ޕެކޭޖް ޗެކަރ" އިން ބައްލަވާލެވޭނެއެވެ.

ދިރާގު ބިޒް ފައިބާ ހިދުމަތަކީ ވިޔަފާރިތަކަށް ހާއްސަކޮށްގެން އެންމެ ރަނގަޅު ސްޕީޑް، އެންމެ ގިނަ އެލަވަންސް އަދި އެ އެލަވަންސަށް ލިބޭ އެންމެ ހެޔޮ އަގުގައި ފޯރުކޮށްދޭ އިންޓަނެޓް ހިދުމަތެވެ. އެގޮތުން ދިރާގު ބިޒް ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތަކަކީ އެންމެ ކުދި ވިޔަފާރި ތަކުން ފެށިގެން އެންމެ ބޮޑު ވިޔަފާރިތަކުގެ އިންޓަނެޓް ބޭނުންތަކަށްވެސް އެށީގެންވާ ގޮތަށް ފަރުމާކޮށްފައިވާ ޕެކޭޖެތަކެކެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި ވިޔަފާރިތަކަށް ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ހިދުމަތެވެ. އަދި ހަމަ އެހެންމެ، ދިރާގު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ނެޓްވޯކް ވެސް މެއެވެ.

އެގޮތުން ރާއްޖޭގެ ގޭބިސީގެ 80 ޕަސެންޓަށް މިހާރު އެ ހިދުމަތް ފޯރުކޮށްދީފައިވާ ކަަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ އެ ކުންފުނީގެ މަގުސަދަކީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދިރިއުޅުމަށް ފާގަތިކަމާއި ތަނަވަސްކަން ގެނެސްދީ، ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ޕެކޭޖްތައް ފުރިހަމަކުރަމުން ގެންދިއުން ކަމަށެވެ.

comment ކޮމެންޓް