ދޫނިދޫ ބަނދަރު: ޝީޓް ޕައިލް ކުރުމުގެ ބޮޑުބައި ނިންމާލައިފި

ދޫނިދޫގައި އެއްގަމު ތޮށި ލުމަށް ބޭނުންވާ ޝީޓް ޕައިލް ކުރުމުގެ މަސައްކަތުގެ ތެރެއިން---- ފޮޓޯ:އެމްޓީސީސީ

ކ. ދޫނިދޫ ބަނދަރު ތަރައްގީ ކުރުމާއި ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން، އެއްގަމު ތޮށި ލުމަށް ބޭނުންވާ ޝީޓް ޕައިލް ކުރުމުގެ މަސައްކަތުގެ 85 ޕަސެންޓް ނިންމާލައިފިއެވެ.

ދޫނިދޫ ބަނދަރު ތަރައްގީ ކުރުމާއި ބިން ހިއްކުމުގެ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އެމްޓީސީސީ އިން ބުނީ މި މަޝްރޫއުގެ ދަށުން، 4.61 އޭކަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 3.75 އޭކަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 370 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމާއި، 620 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 250 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 250 މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުން ހިމެނޭ ކަމަށެވެ.

ދޫނިދޫގައި ކުރިއަށްގެންދާ މި މަޝްރޫއުއަކީ 51.4 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީ އިން ބުނެއެވެ.

ދޫނިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

comment ކޮމެންޓް