ފުރަމޭގެ ބަލިތަކުން ރައްކާތެރިވުމަށް ކޮފީ ވަރެއް ނެތް: ދިރާސާ

ކޮފީ

އިނގިރޭސިވިލާތުގެ ފަސް ލައްކައަށް ވުރެ ގިނަ ރައްޔިތުންގެ މައުލޫމާތު ހިމެނޭ އެ ގައުމުގެ ބައޯ ބޭންކުން ހޯދި މައުލޫމާތުތަކުގެ މައްޗަށް ދާދިފަހުން ދިރާސާއެއް ހެދިއެވެ. އެ ދިރާސާއިން ހާމަވާގޮތުގައި އެކި ބާވަތުގެ ކޮފީ ބޮއެ އުޅޭ މީހުންނަށް ވުރެ، ކޮފީ ނުބޮއެ އުޅޭ މީހުންނަށް ކްރޮނިކް ލިވާ ޑިޒީސަސް (ސީއެލްޑީ) ޖެހުމުގެ ފުރުސަތު ބޮޑެވެ. ހަމައެހެންމެ ކޮފީ ނުބޯ މީހުންނާއި ކޮފީބޯ މީހުންނާ އަޅާބަލާއިރު، ބަލިޖެހިގެން ގިނައިން މަރުވަނީ ކޮފީ ނުބޯ މީހުން ކަމަށް ވެސް އެ ދިރާސާ އިން ވަނީ ދައްކާފައެވެ.

ސީއެލްޑީ އަކީ ފުރަމޭގެ ސެލްތައް ހަލާކުކޮށް ފައިބްރޯސިސް އާއި ސައިރޯސިސްގެ ސަބަބުން ސްކާ ޓިޝޫ އުފައްދާ ބައްޔެކެވެ. ބައެއް ހާލަތްތަކުގައި ސައިރޯސިސް އަކީ ފުރަމޭގެ ކެންސަރަށް މަގުފަހިވާ އެއްޗެކެވެ.

ކޮފީ ބޯ މީހުންނަށް ސީއެލްޑީ ޖެހުމުގެ ފުރުސަތު 21 ޕަސެންޓް ކުޑަކޮށްދޭއިރު މި ފަދަ ބައްޔެއް ޖެހި މަރުވުމުގެ ފުރުސަތު 49 ޕަސެންޓް ކުޑަކޮށްދޭކަމަށް އެ ދިރާސާގައިވަނީ ފާހަގަކޮށްފައެވެ.

ކޮފީ އަކީ 1000އަށް ވުރެ ގިނަ ކެމިކަލްއާއި އެންޓިއޮކްސިޑެންޓް ހިމެނޭ އެއްޗެކެވެ. މީގެތެރޭގައި ސިއްހަތަށް ފައިދާކުރާ އެންޓިއޮކްސިޑެންޓާއި ކެމިކަލް ހިމެނެއެވެ.

ކޮފީގެ އިތުރުން އެންޓިއޮކްސިޑެންޓްސް އާއި ވިޓަމިން-އީ އަދި ވިޓަމިން-ޑީ އޮމެގާ3 ފެޓީ އެސިޑްސް ހިމެނޭ މޭބިސްކަދުރު، އަދި ބީޓްރޫޓް ޖޫހަކީވެސް ފުރަމޭގެ ދުޅަހެޔޮކަން ދަމަހައްޓައި ފުރަމޭގެ ބަލިތަކުން ރައްކާތެރިކަން އިތުރުކޮށްދޭ ބައެއް ކާނާއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް