ފޭސްބުކުން އިންޑިއާގެ އެތައް މިލިއަން ކޮންޓެންޓަކަށް ފިޔަވަޅު އަޅައިފި

އިންޑިއާއަށް ނިސްބަތްވާ އެކައުންޓްތަކުން ފޭސްބުކްގައި ޕޯސްޓްކޮށްފައިވާ އެތައް މިލިއަން ކޮންޓެންޓަށް ފޭސްބުކްއިން ފިޔަވަޅު އަައިފިއެވެ.

އިންޑިއާއިން އަލަށް އަމަލުކުރަން ފެށި އައިޓީއާ ގުޅޭ ގަވައިދުގައިވާ ގޮތުން ފަސް މިލިއަނަށްވުރެ ގިނަ މީހުން ބޭނުންކުރާ ޑިޖިޓަލް ޕްލެޓްފޯމުތަކުން ކޮންމެ މަހަކު އެއްފަހަރު ކޮމްޕްލަޔަންސް ރިޕޯޓެއް އާންމުކުރަން ޖެހެއެވެ. އަދި އެ ރިޕޯޓުގައި މަހުގެ ތެޜޭގައި ލިބުނު ޝަކުވާއަކުގެ ތަފްސީލާއި އެ ޝަކުވާއާ ގުޅިގެން އަމަލުކުރި ގޮތްވެސް އާންމުކުރަން ޖެހެއެވެ.

މެއި 15 އިން ޖޫން 15 އާ ދެމެދުގެ ކޭސްތަކާ ގުޅޭގޮތުން ފޭސްބުކްއިން ނެރުނު އިންޑިއާގެ ކޮމްޕްލަޔަންސް ރިޕޯޓު ދެއްކި ގޮތުގައި އެގައުމަށް ނިސްބަތްވާ ޖުމްލަ 30 ކޮންޓެންޓަކަށް ފޭސްބުކްއިން ފިޔަވަޅު އަޅާފައިވެއެވެ. އެއީ ފޭސްބުކްގެ ތަފާތު 10 ވަޔޮލޭޝަން ކެޓަގަރީގެ ދަށުންނެވެ.

ފޭސްބުކްގެ ދަށުން ހިންގާ ފޮޓޯ ޝެއާރިން ޕްލެޓްފޯމް އިންސްޓަގްރާމުންވެސް އިންޑިއާގެ ދެ މިލިއަނަށްވުރެ ގިނަ ކޮންޓެންޓަށް އެ މުއްދަތުގައި ވަނީ ފިޔަވަޅު އަޅާފައެވެ.

ފޭސްބުކުން ބުނީ ފޭސްބުކުގެ އެންމެ ބޮޑު އަމާޒަކީ ފޭސްބުކް ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް އެމީހެއްގެ ހިޔާލު ފާޅުކުރުމުގެ މަގުފަހިކޮށްދިނުން ކަމަށެވެ.

"އަޅުގަނޑުމެން ކޮންޓެންޓް ބަލައި ރިވިއުކޮށް, ޕޮލިސީތަކަށް ފެތޭތޯ ބަލަނީ އާޓިފިޝަލް އިންޓެލިޖަންސާއި ކޮމިއުނިޓީ ރިޕޯޓުތަކާއި އަދި ރިވިއު ޓީމުތަކުގެ މަސައްކަތުން. އަޅުގަނޑުމެން ދާނީ މިކަން އިތުރަށް ބަލައި, ދެފުށް ފެންނަ ގޮތަކަށް މަސައްކަތް ބައްޓަންކުރަމުން," ފޭސްބުކްގެ ތަރުޖަމާނަކު ޕްރެސް ޓްރަސްޓް އޮފް އިންޑިއާއަށް ދިން ސްޓޭޓްމަންޓެއްގައި ވެއެވެ.

comment ކޮމެންޓް