އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބާއްވާ މައްސަލަ ހައިކޯޓުން ބަލައިގެންފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ކުށްތަކުގެ ޝަރިއަތަށް ކްރިމިނަލް ކޯޓަށް ހާޒިރު ވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބާއްވާ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކުރަން ހުށަހެޅި ހުށަހެޅުން އެ ކޯޓުން ބަލައިގެންފިއެވެ.

ރާއްޖެއިން ބޭރުގައި ހުންނަވައިގެން އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނިންމި ނިންމުން ޕީޖީ އޮފީހުން އިސްތިއުނާފަށް ހުށަހެޅީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު މިއަދު "ސަން" އަށް ވިދާޅުވީ އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބާއްވަން ނިންމި ނިންމުން އިސްތިއުނާފަށް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައިގެންފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ޝަރީއަތް އޮންނަނެ ވަކި ދުވަހެއް އަދި އަންގާފައި ނުވާކަށް ވިދާޅުވިއެވެ.

އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބާއްވަން ނިންމި ނިންމުމާ ގުޅިގެން ޕީޖީ އިން ބުނީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޖިނާއީ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށެވެ.

އެންމެ ފަހުން މިދިޔަ މަހު ބޭއްވި އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންގޮސްފައިވާއިރު، އެ ޝަރީއަތުގައި އަލީ ވަހީދު ހުންނެވި ތަނެއް ސާފު ނުވާކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ގިނަ އަންހެން މުއައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި އޭރު މި ސަރުކާރުގެ އެންމެ އިސް އެއް މިނިސްޓަރުކަމުގައިވާ އަލީ ވަހީދު މަގާމުން ވަކިކުރީ މިިޔަ އަހަރުގެ މެދު ތެރޭގަ އެވެ. އަލީ ވަހީދުގެ ޕާސްޕޯޓް އެންމެ ފުރަތަމަ ހިފަހައްޓާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަސް ތެރޭގަ އެވެ.

އަލީ ވަހީދުގެ މައްޗަށް ޖިންސީ ކުށުގެ ގިނަ ދައުވާތަކެއް އުފުލާފައިވަނިކޮށް އޭނާ އިނގިރޭސިވިލާތަށް ފުރާފައިވަނީ ކޯޓުގެ ހުއްދަ ލިބިގެން ބޭސްފަރުވާއަށެެވެ. ނަމަވެސް ބޭސްފަރުވާއަށް ދޫކުރި މުއްދަތު ހަމަވީ އިރު އަދިވެސް އަލީ ވަހީދު ރާއްޖެ އައިސްފައެެއް ނުވެއެވެ.

https://sun.mv/153154

އަލީ ވަހީދު ރާއްޖެއިން ފުރާފައި ވަނީ އޭނާގެ ޕާސްޕޯޓް ކޯޓުން ދޫކޮށްލުމުގެ ކުރީގައިކަމަށް ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައިވާއިރު އޭނާ ފުރާފައިވަނީ އޭނާގެ ގާތް އެކުވެރިޔާ އަދި ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) އޭނާއަށް ޖާމިނުވުމަށް އެއްބަސްވުމާ އެކުގަ އެވެ. އެހެންނަމަވެސް އަސްއަދު އެއްބަސްވުމާ ހިލާފުވި ކަމަށް ޕީޖީ އިން ވަނީ ބުނެފައެވެ.

https://sun.mv/152192

comment ކޮމެންޓް