މާލޭ މަގުމަތީ ނިވާކަންކުޑަ ހެދުން އަޅައިގެން އުޅުނު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

ފުލުހުންތަކެއް މާލޭގެ މަގުމަތީގައި ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ މަގުމަތީގައި ނިވާކަން ކުޑަ ގޮތަކަށް ހެދުން އަޅައިގެން އުޅުނު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު 16:13 ކަން ހާއިރުއެވެ.

އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ދިވެހި ފިރިހެނެކެވެ. މައްސަލައާ ގުޅޭގޮތުން އިތުރު އެހެން މައުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

"މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި މި ހާދިސާއާ ގުޅިގެން އާންމުވެފައިވާ ބައެއް ފޮޓޯތަކުން އެމީހާ ބޮޑުރަސްގެފާނު މަގުގެ ކަންމައްޗަކަށް ވެއްޓިފައި އޮންނަތަން ފެނެއެވެ.

comment ކޮމެންޓް