މަރުގެ ދިޔަ އަކީ އެއް މިލިއަން ރުފިޔާ ކަމަށް ކަނޑައަޅައިފި

ފެބްރުއަރީ 15، 2021: ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު -- ސަމް ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި މަރުގެ މައްސަލަތަކުގައި އިސްލާމީ ޝަރީއަތުން ކަނޑައަޅާފައިވާ މަރުގެ ދިޔައިގެ ގޮތުގައި ނަގަން ހުކުމް ކުރެވޭނީ އެންމެ މަދުވެގެން އެއް މިލިއަން ރުފިޔާކަމަށް މިއަދު ކަނޑައަޅައިފިއެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގައި ވަނީ ކުރިން 100،000 ރުފިޔާ މަރުގެ ދިޔައިގެ ގޮތުގައި ނަގައިދޭ ނަގައިދިނުން އެއް މިލިއަން ރުފިޔާއަށް އިތުރުކޮށްފައެވެ.

މިހާތަނަށް ރާއްޖޭގައި މަރުގެ ދިޔައިގެ ގޮތުގައި ނަގައިދެނީ 100،000 ރުފިޔާ އެވެ.

އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ މަރުގެ ދިޔައަކީ މަރުގެ މައްސަލަތަކުގައި ގާތިލުގެ އަތުން މަރުވި މީހާގެ އާއިލާއަށް އަދާކުރަންޖެހޭ ފައިސާއެވެ. ކޮންމެ ކަހަލަ މަރުގެ މައްސަލައެއްގައިވެސް ގަތުލުވި މީހާގެ އާއިލާއަށް، އެ މަރު ސާބިތުވެއްޖެނަމަ، މަރުގެ ދިޔައަށް އެދެވިދާނެއެވެ.

މަރުގެ މައްސަލަތަކުގައި ކޯޓުން އަމަލުކުރަންޖެހޭ ގޮތުގެ އިތުރުން މިއަދު ނެރުނު އެ އުސޫލުގައި ވަނީ ޒިނޭގެ ކުށް ސާބިތުވުމުން 100 އެތިފަހަރުން ހައްދުޖަހައި ގޭ ބަންދު ކުރުން ފަދަ އަދަބުތައްވެސް ހިމަނާފައެވެ.

މި އުސޫލުގެ ބޭނުމަކީ ރާއްޖޭގެ ކޯޓުތަކުން އަދަބުގެ މިންވަރަށް ވާސިލުވުމަށް ގެންގުޅޭ އުސޫލުތައް އެއްގޮތްކޮށް، މަރުގެ އަދަބާއި ކައްފާރާގެ އަދަބާއި، މަރުގެ ދިޔަ ކަނޑައަޅާއިރު ރިއާޔަތްކުރާނެ އުސޫލުތައް ކަނޑައެޅުމެވެ.

comment ކޮމެންޓް