ފަރުހާންގެ "ތޫފާން" ގެ ޓްރެއިލާ ނެރެފި

ފިލްމުގެ ޕޯސްޓަރެއް---

ބޮކްސިން ކުޅޭ މީހެއްގެ ރޯލުން ފަރުހާން އަޚްތަރު ފެނިގެންދާ ފިލްމު "ތޫފާން" ގެ ޓްރެއިލާ އާންމުކޮށްފިއެވެ.

މި ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރަން ނިންމީ މިދިޔަ މަހު 21 ވަނަ ދުވަހު އެވެ. ނަމަވެސް އޭރު އިންޑިއާއަށް ކޮވިޑްގެ ދެވަނަ ތޫފާނެއް އައިސްގެން އުޅުމުގެ ސަބަބުން ފިލްމު ފަސްކުރީ އެވެ. ފިލްމު ރިލީޒްކުރާ ތާރީޚު ހާމަކުރަމުން ފަރުހާން ބުނީ މި ފިލްމު ރިލީޒްކުރާނީ ޖުލައި މަހުގެ 16 ވަނަ ދުވަހު އެވެ. ފިލްމު ރިލީޒްކުރާނީ އެމެޒޯން ޕްރައިމްގަ އެވެ.

ފިލްމުގެ ޓްރެއިލާގައި ޝައުގުވެރި ގިނަ މަންޒަރުތަކެއް ފެނިގެން ދިޔައިރު ބޮކްސިން އަށް ފަރުހާންގެ ހިތުގައި އޮތް ލޯބި ފެނިގެން ދިޔައެވެ. އަދި އެ ކުޅިވަރުން ކުރިއަށް ދިޔުމަށް މަސައްކަތް ކުރާ މަންޒަރު ފެނިގެންދާއިރު ފަސް އަހަރަށް އޭނާ ބޮކްސިން ކުޅުން މަނާވާ މަންޒަރެއްވެސް ފެނިގެންދިޔައެވެ.

ފިލްމު ކުޅެން 15 ކިލޯ ބަރުވި ފަރުހާން ވަނީ ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން ބޮޑީބިލްޑް ވެސް ކޮށްފަ އެވެ.

އޯމް ޕްރަކާޝް މެހެރާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި އަންހެން ލީޑު ރޯލު ކުޅެނީ މުރްނާލް ތާކޫރެވެ.

comment ކޮމެންޓް