ފުވައްމުލަކުގައި ހިނގި މާރާމާރީއެއްގެ މައްސަލައިގެ ފުލުހުން މައުލޫމާތު ސާފުކުރަނީ

ފުވައްމުލައް ސިޓީ.

މި މަހުގެ 26 ވަނަ ދުވަހު ފުވައްމުލައް ސިޓީގައި ހިނގައިދިޔަ މާރާމާރީއަކާއި ގުޅޭ މައުލޫމާތު އެނގޭ ފަރާތެއްވާނަމަ އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން ބުނި ގޮތުގައި އެ މާރާމާރީ ހިނގީ ފުވައްމުލައް ސިޓީގެ ދިގުވާނޑު އަވަށުގެ ނައިބު ތުއްތު މަގުގައި ހުންނަ ފެނަކަ ކޯޕަރޭޝަންގެ ޕަމްޕު ސްޓޭޝަން ކުރިމަތިންނެވެ.

އެ މާރާމާރީއާއި ގުޅިގެން މައުލޫމާތެއް އެނގޭ އެއްވެސް ފަރާތެއްވާނަމަ ފުވައްމުލައް ސިޓީ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792803 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދުނެވެ.

ފުލުހުން ވަނީ މިފަދަ މައްސަލަތަކުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށްފައެވެ.

comment ކޮމެންޓް