އާދީއްތަ ދުވަހު އޮފީސްތައް ހުޅުވަނީ

މާލެ ސިޓީ-- ސަން ފޮޓޯ/ފަޔާޒު މޫސާ

ޖުލައި ހަތަރެއް ވާ އާދީއްތަ ދުވަހުން ފެށިގެން، ކަނޑައެޅިފައިވާ އުސޫލުތަކަކާ އެއްގޮތަށް އޮފީހަށް ހާޒިރުވެ މަސައްކަތް ކުރާ ގޮތަށް ހަމަޖެހިފައި ވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ކޮވިޑު-19 އިން ރައްކާތެރި ވުމަށް އަޅާފައި ވާ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ތެރެއިން، ސަރުކާރު އޮފީސްތައް ހުޅުވާލުމަށް ސަރުކާރުން ނިންމާފައި ވާ އިރު، ޖުލައި އެއްވަނަ ދުވަހުން ފެށިގެން ދިނުމަށް ހަމަޖެހިފައިވާ ލުއިތައް ސަރުކާރުން އިއްޔެ ވަނީ އިއުލާނު ކޮށްފަ އެވެ.

ރައީސް އޮފީހުން ބުނެފައި ވަނީ ސަރުކާރު އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ މުއްދަތު އިތުރު ކުރީ ޖުލައި މަހުގެ ތިންވަނަ ދުވަހާ ހަމައަށް ކަމަށެވެ.

ރައީސް އޮފީހުން ނެެރުނު ދެންނެވުމެއްގައި ބުނީ، ކުރިއަށް އޮތް ތިން ދުވަހު ސަރުކާރު މުވައްޒަފުން ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށާއި ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހުރިހާ ހިދުުމަތްތަކެއް އޮންލައިންކޮށް ދެމުން ދިއުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވާފައިވާ ކަމަށެވެެ.

ނަމަވެސް ޖުލައި ހަތަރު ވަނަ ދުވަހުން ފެށިގެން މަސައްކަތް ކުރާނީ އޮފީހަށް ހާޒިރު ވެގެންނެވެ.

ސަރުކާރުގެ އޮފީސްތަކުން ގޭގައި މަސައްކަތް ކުރާ ގޮތަށް ހަމަޖައްސާފައި ވަނީ މޭ މަހުގެ ފަސް ވަނަ ދުވަހުއެވެ.

comment ކޮމެންޓް