ކުޅުދުއްފުށި ހޮސްޕިޓަލް ބޮޑުކުރުމުގެ 60 ޕަސެންޓް މަސައްކަތް ނިމިއްޖެ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ބޮޑުކޮށް، މަރާމާތު ކުރުމުގެ މަސައްކަތުގެ 60 ޕަސެންޓް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރާ އެމްޓީސީސީ އިން ބުނެފިއެވެ.

އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ ވާޑް އިމާރާތުގެ ސީލިންގ މަސައްކަތްތަކެވެ.

އެ މަޝްރޫއުގެ ދަށުން އިމާރާތްކުރުމުގެ މަސައްކަތް ފަށާފައި ވަނީ މި އަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހު އެވެ. މަޝްރޫއާއާ އެކު ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެން ދާނެ ކަމަށް ކޭއާރުއެޗުން ބުންޏެވެ.

ހޮސްޕިޓަލް އިމާރާތް ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން 30 އެނދުގެ ވޯޑް އިމާރާތެއް އެޅުމާއި އޯޕީޑީ ސަރަހައްދު މަރާމާތު ކުރުމާއި، މައި އިމާރާތާއި އޮފީސް އިމާރާތް ވޯކްވޭ އަކުން ގުޅުވާލުމުގެ އިތުރުން ލެބޯޓްރީ މަރާމާތް ކުރުމަށް ކުރަން ޖެހޭ މަސައްކަތް ހިމެނެ އެވެ.

https://twitter.com/MTCCPlc/status/1410097611164553216

މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 30.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ.

comment ކޮމެންޓް