އޮޑިޓާ ޖެނެރަލް އަކަށް ހުސައިން ނިޔާޒީ އައްޔަންކުރަން ހުށަހަޅައިފި

ހުސައިން ނިޔާޒީ --- ފޮޓޯ: އެމްއޭއެފް

އޮޑިޓާ ޖެެނެރަލްގެ މަގާމަށް އައްޔަންކުރުމަށް، ކުރިން އެސިސްޓެންޓް އޮޑިޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ހުސައިން ނިޔާޒީގެ ނަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

އޮޑިޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލީ އެ މަގާމުގައި ކުރިން ހުންނެވި ހަސަން ޒިޔަތު މިދިޔަ މަހުގެ 12 ވަނަ ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ރައީސް ފޮނުއްވި ސިޓީގައި ބުނެފައިވަނީ އޮޑިޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ހަސަން ޒިޔަތު އިސްތިއުފާ ދެއްވާފައިވާތީ، އާންމުކޮށް އިއުލާނުކުރުމުން އެކަމަށް އިޖާބާ ދެއްވި ބޭފުޅުންގެ ތެރެއިން، ގ. އައިފާ ހުސައިން ނިޔާޒީ އައްޔަންކުރުމަށްޓަަކައި އެބޭފުޅާގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިދެއްވާ މަޖިލީހުން ނިންމެވި ގޮތް އަންގަވައިދެއްވުން އެދޭ" ކަމަށެވެ.

އެގޮތުން އެކަން ދިރާސަކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް މިއަދު ފޮނުވާނެކަމަށް ބެލެވެއެވެ.

ހުސައިން ނިޔާޒީ އެސިސްޓެންޓް އޮޑިޓާ ޖެނެރަލްގެ މަގާމަށް އައްޔަންކޮށްފައިވަނީ 2011 ވަނަ އަހަރުއެވެ.

އޮޑިޓާ ޖެނެރަލްގެ މަގާމުގައި ކުރިން ހުންނެވި ހަސަން ޒިޔަތު އެ މަގާމުން އިސްތިއުފާ ދެއްވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި އޭނާގެ ނަން ހިމެނިފައި އޮތްކަން ހާމަވުމުންނެވެ.

comment ކޮމެންޓް