"ރޭސް 4"ގެ މަސައްކަތް މި އަހަރު ފަށަނީ

ރޭސް 4 ގެ މަސައްކަތް މި އަހަރު ފަށަނީ---

މަގްބޫލު "ރޭސް" ފްރެންޗައިޒްގެ ހަތަރުވަނަ އިންސްޓޯލްމަންޓް "ރޭސް 4" ގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ދެހާސް އަށާރަވަނަ އަހަރު ރޭސް 3 ނުކުތް އިރު އެ ފިލްމަށް މާބޮޑު ތަރުހީބެއް ނުލިބުނު ނަމަވެސް އެ ފިލްމުގެ ފުރަތަމަ އަދި ދެވަނަ ބަޔަށް ވަނީ އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައެވެ.

"ރޭސް 4"ގެ ސްކްރިޕްޓް ގެ މަސައްކަތް ވެސް މިހާރު ނިމުމާ ގާތަށް ގޮސްފައިވާ އިރު, މި ފިލްމުގެ ކާސްޓުން ފައިނަލް ކުރާނީ ފިލްމުގެ ސްކްރިޕްޓް އެއްކޮށް ނިމުމުންނެވެ.

"ރޭސް 3" އިން ފެނިގެންދިޔައީ ސަލްމާން އާއި ޖެކްލީން ފެނާންޑޭޒްގެ އިތުރުން ބޮބީ ޑިއޯލްއާއި ޑެއިޒީ ޝާހް، ފްރެޑީ ދާރޫވާލާ އަދި ސާގިބް ސަލީމް އެވެ. "ރޭސް 2" އިން ދީޕިކާ ޕަދުކޯން، ސައިފް އަލީ ޚާން އަދި ޖޯން އަބްރަހަމް ފެނިގެންދިޔައިރު އެ ފިލްމުގެ ފުރަތަމަ ބައިގެ ލީޑުން ފެނިގެންދިޔައީ ކެޓްރީނާ ކެއިފް އަދި ސައިފް އަލީ ޚާނެވެ.

comment ކޮމެންޓް