ވަގުތީ ޕާކިން ސްލޮޓްތަކަށް ކުރިމަތިލާން އަންނަ ހަފްތާގައި ހުޅުވާލަނީ

މާލޭގެ މަޖީދީމަގުގައި ހުންނަ ހީނާމާގެ ޕާކިންގް ލޮޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ ބައެއް ސަރަހައްދު ތަކުގައި ހަދާ ވަގުތީ ޕާކިން ސްކޮޓްތަކަށް ކުރިމަތިލާން އަންނަ ހަފްތާގައި އިއުލާން ކުރާނެ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީ ކައުންސިލުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުމުވެއްގައި މޭޔަރު މުއިއްޒު ވިދާޅުވީ ވަގުތީ ޕާކިން ސްލޮޓްތަކެއް ހެދުމަށް ނިންމީ ދާއިމީ ޕާކިން ބިލްޑިންގްތައް ހަދައި, އެތަންތަނުގެ ބޭނުން ކުރަން ފެށެންދެން ކަމަށެވެ.

"ވަގުތީ ސްލޮޓްތަކަށް ކުރިމަތިލާން ހުޅުވާލާއިރު އިންޑަސްޓްރިއަލް ވިލެޖް ހިމެނޭ ގޮތަށް މާލޭގެ އެކި ސަރަހައްދު ތަކުގަ 320 ކާރު ޕާކު ކުރަން ޖާގަ އަޅުގަނޑުމެން އިއުލާން ކުރަން ގަސްތުކުރަން. ގާތްގަނޑަކަށް 80 ކުދި ހަތަރު ފުރޮޅުލީ ވެހިކަލްތަކަށް ޖާގަ ކުއްޔަށް ދޭން ގަސްތު ކުރަން. އަދި ގާތްގަނޑަކަށް 50 ޕިކަޕް ނޫނީ ކުދި ލޮރީއަށް ޖާގަ ހުޅުވާލަން ގަސްތު ކުރަން،" މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު އިތުރަށް ވިދާޅުވީ ސިޓީ ކައުންސިލުން ވަނީ މާލެ ތެރޭގައި ހުރި ގަރާޖުތަކާއި ވޯކްޝޮޕްތަކުގެ ސާވޭއެއް ކޮށްފައި ކަމަށާއި, އިންޑަސްޓްރިއަލް ވިލެޖަށޤ ބަދަލުކުރަންޖެހޭ ގަރާޖުތަކާއި ވޯކްޝޮޕްތަކުގެ އަދަދު އެ ދިރާސާގެ އަލީގައި ދެނެގަނެވިފައިވާ ކަމަށެވެ.

"މާލޭގަ އެބަހުރި ރައްޔިތުން އެދޭނަމަ އިންޑަސްޓްރިއަލް ވިލެޖަށް ބަދަލު ކުރަން ޖެހޭ 276 ތަނެއް. އެއީ ހުރިހާ އަވަށެއް ހިމެނޭ ގޮތުން،" މުއިއްޒު ވިދާޅުވިއެވެ.

comment ކޮމެންޓް