ދުވާފަރު މަގުތަކުގައި ކޭބަލް ޖަންކްޝަން އެޅުމުގެ މަސައްކަތް ފަށައިފި

ރ. ދުވާފަރު މަގުތަކުގައި ކޭބަލް ޖަންކްޝަން އެޅުމުގެ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫޢު ކުރިއަށްގެންދާ އެމްޓީސީސީއިން ބުނެފައިވާ ގޮތުގައި ދުވާފަރު މަގުތަކުގައި ކޭބަލް ޖަންކްޝަން އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ، އެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުންނެވެ.

ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ތެރޭގައި، 4,960 އަކަ މީޓަރުގެ ހިނގާ ސަރަޙައްދެއް ގާއިމުކުރެވިގެން ދާނެކަމަށް އެމްޓީސީސީއިން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން، 17,790 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއް ގާއިމުކުރުމުގެ އިތުރުން، ފެންހިންދާ ނިޒާމެއް ގާއިމުކުރުން ވެސް ހިމެނެއެވެ.

މީގެ އިތުރުން، ސާވިސް ލައިން އެޅުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގައި ހިމެނެއެވެ.

ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް 300 ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އެމްޓީސީސީން ލަފާކުރެ އެވެ.

ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަށް 37.8 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

comment ކޮމެންޓް