ކްރިމިނަލް ކޯޓު ދެ ހަފްތާގެ ރިސެސް އަށް

ފެބްރުއަރީ 15، 2021: ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެ ހަފްތާގެ މެއްދަތަށް ކްރިމިނަލް ކޯޓު ރިސެސް އަށް ދިއުމަށް ނިންމައިފިއެވެ.

އެ ކޯޓުން ބުނީ އިއްޔެ އިން ފެށިގެން އަންނަ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކްރިމިކަލް ކޯޓު ރިސެސް އަށް ދިއުމަށް ނިންމާފައިވާ ކަމަށެެވެ.

އެގޮތުން އެ މުއްދަތުގެ ތެރޭގައި ކުރިއަށް ގެންދާނީ ކޮންމެހެން ބާއްވަންޖެހޭ ހާއްސަ ޝަރީއަތްތަކުގެ އަޑުއެހުންތައް އެކަނި ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

އެހެންނަމަވެސް ކުށުގެ ތުހުމަތުގައި ހައްޔަރު ނުވަތަ ބަންދުކުރެވޭ ފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާ މަޖިލިސްތައް ބޭއްވުމާއި ތަހުގީގުކުރާ އިދާރާތަކުން އެދިގެން ނެރެދޭ އަމުރުތައް ނެރުމުގެ މަސައްކަތް ކުރިއެކޭވެސް އެއްގޮތަށް ކުރިއަށްދާނެ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފަައެވެ.

ރިސެސްގެ މުއްދަތުގައި ކްރިމިނަލް ކޯޓުން ކުރުމަށް ނިންމާފައިވާ ކަންކަން:

  • ކޯޓުގެ ލީގަލް އޮފިސަރުންނަށް ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާތުގެ ގަވާއިދާ ގުޅޭ ތަމްރީނު ހިންގުން
  • ކޯޓުގެ ގާޒީން ބައިވެރިވާ ގޮތަށް ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާތުގެ ގަވާއިދަ ގުޅޭ މަސައްކަތު ބައްދަލުވުމެއް ބޭއްވުން
  • ބަހުގެ ހަމަތަކަށް ކޯޓުގެ މުވައްޒަފުން އަހުލުވެރި ކުރުވުމަށްޓަކައި ދިވެހި ބަހުގެ އެކެޑެމީއާ ގުޅިގެން ތަމްރީނު ޕްރޮގުރާމެއް ހިންގުން
  • ކޯޓު މުވައްޒަފުންގެ ހާއްސަ ބައްދަލުވުމެއް ބޭއްވުން
  • ކޯޓުގެ މަސައްކަތް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމާ ގުޅިގެން ޑީޖޭއޭ މެދުވެރިކޮށް ކަމާބެހޭ އެކިއެކި އިދާރާތަކާއެކު މަޝްވަރާ ބައްދަލުވުން ބޭއްވުން
comment ކޮމެންޓް