ޕޯސްޓް މޯޓަމް ހަދަން ކުއްޖާގެ ހަށިގަނޑު މި ހަފްތާގައި ފޮނުވަނީ

ގެއްލިގެން ހޯދަމުން ދަނިކޮށް މަރަލާފައި އޮއްވާ ފެނުނު ކުޑަކުއްޖާ ފެނުމުން ހުޅުމާލޭ ދެވަނަ ފޭސް ކޯޑަންކޮށްފައި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން

ހުޅުމާލެ ފޭސް 2 ގެ މޫދުގައި މަރާލާފައި އޮއްވާ ފެނުނު 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މި ހަފްތާތެރޭ އިންޑިއާ އަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެފި އެވެ.

ހުޅުމާލެ ފޭސް ގެ މޫދުން އެ ކުއްޖާގެ ހަށިގަނޑު ފެނުނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.

ރާއްޖޭގައި ހިނގާ މަރުގެ ހާދިސާތަކުގައި އާންމުކޮށް ޕޯސްޓްމޯޓަމް ހައްދަނީ ހަށިގަނޑު އިންޑިއާއަށް ފޮނުވައިގެންނެވެ.

ފުލުހުން ވަނީ 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައިގައި 27 އަހަރުގެ ފިރިހެނަކާއި 17 އަހަރުގެ ކުއްޖަކު މިހާތަނަށް ހައްޔަރުކޮށްފަ އެވެ. އުމުރުން 27 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވާއިރު 17 އަހަރުގެ ކުއްޖާ ހުރީ 15 ދުވަހަށް ބަންދުގަ އެވެ.

ފުލުހުން ވަނީ މި މައްސަަލައާ ގުޅިގެން މާލޭގެ ގެސްޓްހައުސްއެއް ބަލައިފާސްކޮށް، ކުއްޖާގެ ހަށިގަނޑު ހުޅުމާލެއަށް ގެންދަން ބޭނުންކުރިކަމަށް ބެލެވޭ ޓެކްސީވެސް ފާސްކޮށްފަ އެވެ.

comment ކޮމެންޓް