ޓެކްސީއަކުން ބަނގުރާ ދަޅުތަކެއް ހޯދައި ތިން މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ އިން އަތުލި ބަނގުރާ ދަޅުތައް -- ފޮޓޯ/ ޕޮލިސް

ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޓެކްސީއަކުން ބަނގުރާ ދަޅުތަކެއް ހޯދައި, ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ބަނގުރާ ދަޅުތައް ހޯދާފައި ވަނީ ހުޅުމާލެ ޕެޓްރޯލް ޖެޓީއާ ދިމާ ފަޅުތެރޭގައި އޮތް ޑިންގީއަކުން ޓެކްސީއަކަށް ބަނގުރާ އަރުވާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނެއްގައި ކަމަށެވެ.

ރޭ 12:10 ހާއިރު ހިންގި އެ އޮޕަރޭޝަނުގައި، އެ ޓެކްސީ ބަލައި ފާސްކުރިއިރު 48 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ 24 އަހަރުގެ މީހަކާއި 26 އަހަރުގެ މީހެއްގެ އިތުރުން 30 އަހަރުގެ މީހެކެވެ. މި ތިން މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.

comment ކޮމެންޓް