ހޯރަފުށީގައި ތޫނު އެއްޗަކުން ހަމަލާ ދިން މީހާގެ ބަންދަށް 15 ދުވަސް

ފުލުހެއްގެ ޔުނީފޯމުގައި އެ މުއައްސަސާގެ ލޯގޯ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހއ. ހޯރަފުށީގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމް ކޮށްލި މައްސަލައަކާ ގުޅިގެން ފުލުހުން މީހަކު ހައްޔަރު ކޮށްފި އެވެ.

މި މާރާމާރީ ހިންގާފައިވަނީ އިއްޔެ މެންދުރުފަހު 14:15 ހާއިރު ކަމަށް ފުލުހުން ފުލުހުން ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ މި މައްސަލަ އާ ގުޅިގެން ހައްޔަރުކުރީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ މި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން 15 ދުވަސް ދީފައިވާ ކަމަށެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ތޫނު ހަތިޔާރު ބޭނުން ކޮށްގެން ރާއްޖޭގައި ހިންގާ މާރާމާރީ ތަކުގެ އަދަދު މި ފަހަކަށް އައިސް ވަނީ ވަރަށް މަދުވެފައެވެ.

comment ކޮމެންޓް