ކުޑަ ކުއްޖާ މަރުވި މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް މަޖިލީހަށް ކުއްލި މައްސަލައެއް

މަޑަވެލި ދާއިރާ މެމްބަރު، ފިރުޝާން: ކުޑަ ކުއްޖާ މަރާލި މައްސަލައިގައި މަޖިލީހަށް އޭނާ ވަނީ ކުއްލި މަައްސަލައެއް ހުށަހަޅާފައި -- ފޮޓޯ/ މަޖިލިސް އިދާލާ

އުމުރުން 13 އަހަރުގެ ކުއްޖާ މަަރުވި މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ރަހީނުކޮށް, މަރާލާފައި އެއްލާލި ކުޑަ ކުއްޖާގެ މައްސަލާގައި, މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލަ ހުށަހެޅުއްވީ މަޑަވެލި ދާއިރާ މެމްބަރު ހުސައިން ފިރުޝާން އެވެ.

އޭނާ ހުށަހެޅި ކުއްލި މައްސަލައިގައި ބުނީ, އެހާ ހަގު އުމުރުގައި ކުއްޖަކު މަރާލުމަކީ ނުހަނު ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ. އެ ކުއްޖާއަކީ ދައުލަތުން އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދެމުން އައި ކުއްޖެއް ކަމަށްވާ އިރު، އެ ކުއްޖާއާ މެދު އިހުމާލުވެފައިވާ ފަރާތެއްވޭތޯ ބަލައި މައްސަލައިގެ އަސްލު ދެނެގަންނަން ޖެހޭ ކަމަށް ކުއްލި މައްސަލާގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން އެފަދަ ކަމެއް މުސްތަގުބަލުގައި ތަކުރާރުނުވާނެ ގޮތަކަަށް ކަންތައްތައް ރޭވުމަށާއި އެ ކުއްޖާގެ މަރަށް ވީ އެންމެ އަަވަހަކަށް އިންސާފު ހޯދައިދިނުމަށް ކުއްލި މައްސަލާގައި ގޮވާލާފައިވެ އެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް 27 އަހަރުގެ މިހަކާއި 17 އަހަރުގެ ކުޑަ ކުއްޖަކު ވަނީ ހައްޔަރުކޮށްފައިވެ އެވެ. ހުޅުމާލޭ ފޭސް ދޭއް މޫދުުން ކުޑަ ކުއްޖާ މަރާލާފައި އޮއްވާ ފެނުނީ, އޭނާ ރަހީނުކޮށްގެން އުޅޭ ކަމުގެ ރިޕޯޓެއް މިދިޔަ އާދިއްތަ ދުވަހު ލިބުމާ ގުޅިގެން އެ ކުއްޖާ ހޯދަމުން ދަނިކޮށް، އިއްޔެ ރޭ ދަންވަރުގެ ވަގުތެއްގައި އެވެ.

comment ކޮމެންޓް