ހުޅުމާލޭ ވަގުތީ މިސްކިތް ތެރޭގައި މާރާމާރީ ހިންގައިފި

ހުޅުމާލޭ ވަގުތީ މިސްކިތް-- ފޮޓޯ/އެޗްޑީސީ

ހުޅުމާލޭ 171 ނަންބަރު ފްލެޓު ކައިރީގައި ހުންނަ ވަގުތީ މިސްކިތް ތެރޭގައި ދެމީހެއްގެ ދެމެދުގައި މާރާމާރީ ހިންގައިފި އެވެ.

ފުލުހުން ބުނީ ހަމަނުޖެހުން ހިނގާފައިވަނީ ހުޅުމާލޭ ވަގުތީ މިސްކިތަށް ވަދެ އަޑުގަދަކޮށް، މީހުންނަށް އުނދަގޫކުރި މީހަކާއި އެކަންތައް ނުކުރުމަށް އޭނާއަށް ނަސޭހަތްތެރިވި މީހަކާ ދެމެދުގައި ކަމަށެވެ.

އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެގެ 18:38 ހާއިރު އެވެ.

އެ މާރާމާރީގައި އެކަކަށް ކުދި އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެ ހަމަނުޖެހުމުގެ ވީޑިއޯ ސޯޝަލް މީޑިއާގައިވެސް އާންމުވެފައިވާއިރު، މިސްކިތުގެ ތެރޭގައި މާރާމާރީ ހިންގުމުގެ އިތުރުން ހަޑިހުތުރު ބަހުން ވާހަކަ ދައްކާ މަންޒަރުވެސް ފެނެ އެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް