މެދުކެނޑުމަކަށް ފަހު "އާރުއާރުއާރް"ގެ ޝޫޓިން ފަށައިފި

ފިލްމުން ފެނިގެންދާ ދެތަރިން---

ކުޅަދާނަ ބަތަލާ އާލިއާ ބަޓް 27، ލީޑު ރޯލުން ފެނިގެންދާ ފިލްމު "އާރްއާރްއާރް"ގެ ޝޫޓިން އަނެއްކާ ވެސް ފަށައިފި އެވެ.

ކޮވިޑް ޕެންޑެމިކްގެ ސަބަބުން މި ފިލްމުގެ ޝޫޓިން މެދުކެނޑިފައި އޮތުމަށް ފަހު ފިލްމުގެ ބާކީ ބައިގެ މަންޒަރުތައް ނަގަން ފެށީ ހައިދަރުއާބާދުގަ އެވެ.

މި ފިލްމުގައި އާލިއާ ފެނިގެންދާނީ ވަރަށް މައުސޫމް ރޯލަކުންނެވެ. ސީތާ ކިޔާ ކެރެކްޓާއަކުން އޭނާ މި ފިލްމުން ފެނިގެންދާއިރު އެ ކެރެކްޓާއަކީ ފިލްމަށް ވަރަށް މުހިންމު ކެރެކްޓާއެއް ކަމަށް ފިލްމުގެ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީ ބުންޏެވެ.

އިންޑިއާގެ މިނިވަން ކަމަށް މަސައްކަތް ކުރި ހިޔާލީ ދެ ކެރެކްޓާއަކަށް ބިނާކޮށް ތައްޔާރުކުރާ އެ ފިލްމުގެ ފިރިހެން ދެ ބަތަލަކީ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ އެވެ. މި ފިލްމުގެ ހާއްސަ ފެނިލުމަކުން ކާމިޔާބު ތަރި އަޖޭ ދޭވްގަން ވެސް ފެނިގެންދާނެ އެވެ. މި ފިލްމަކީ 3.5 ބިލިއަން އިންޑިއަން ރުޕީސްގެ ބަޖެޓަކުން އުފައްދާ ފިލްމެކެވެ.

comment ކޮމެންޓް