"ފާސްޓް އެންޑް ފިއުރިއަސް 9" އަންނަ ހުކުރު ދުވަހު

ފިލްމުގެ ޕޯސްޓަރެއް---

އާންމުންގެ މެދުގައި ބޮޑު މަގްބޫލު ކަމެއް ހޯދާފައިވާ ފްރެންޗައިޒް "ފާސްޓް އެންޑް ފިއުރިއަސް"ގެ ނުވަ ވަނަ ބައި އަންނަ ހުކުރު ދުވަހު ރިލީޒްކުރާ ގޮތަށް ނިންމައިފިއެވެ. ސިނަމާތަކުގައި މި ފިލްމު ރިލީޒްކުރުމުގެ ބަދަލުގައި ފިލްމު ޕްރިމިއާކުރާނީ ސްޓްރީމިން ޕްލެޓްފޯމްތަކުގައެވެ.

މި ފިލްމުގެ ޓްރެއިލާ މިހާރު އާންމުކޮށްފައިވާއިރު އެ ޓްރެއިލާ އަށް އަންނަނީ ބޮޑޫ ތަރުހީބެއް ލިބެމުންނެވެ. މި ފިލްމު އެންމެ ފުރަތަަމަ ރިލީޒްކުރަން ނިންމީ މިދިޔަ އަހަރުގެ މެއި މަހުގަ އެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން ފިލްމު އެޅުވޭނެ މަގު ތަނަވަސްނުވީ އެވެ.

އެ ފިލްމަކީ ޔުނިވާސަލް ޕިކްޗާޒް އިން ގެނެސްދޭ ފިލްމެކެވެ. ފިލްމުގެ މައިގަނޑު ކާސްޓުންގެ ގޮތުގައި ފެނިގެންދާނީ އެ ފިލްމްގެ ކުރީގެ އަށް ފިލްމުން ވެސް ފެނިގެން ދިޔަ ވިން ޑީޒެލް އާއި ޑްވޭން (ރޮކް) ޖޯންސަން އަދި ޖެސެން ސްޓެތަމް އެވެ.

"ފާސްޓް އެންޑް ފިއުރިއަސް" އަކީ 2001 ވަނަ އަހަރުން ފެށިގެން ބެލުންތެރިންނާ ހަމައަށް ގެނެސްދޭ ފްރެންޗައިޒް އެކެވެ.

"ފާސްޓް އެންޑް ފިއުރިއަސް" އަށް ވަނަ ބައި "ފޭޓް އޮފް ދަ ފިއުރިއަސް" ރިލީޒްކުރީ 2017 އަހަރުގަ އެވެ. އެ ފިލްމަށް ވަނީ 1.239 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ.

comment ކޮމެންޓް