ރައީސްގެ ކޮއްކޯފުޅު އަހްމަދު މުހައްމަދު ސޯލިހު އަވަހާރަވެއްޖެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު، އަހްމަދު މުހައްމަދު ސޯލިހު އަވަހަރާވެއްޖެ އެވެ.

އުމުރުން 55 އަހަރުގައި އަހްމަދު މިއަދު އަވަހާރަވީ ދުބާއީގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އާއިލާގެ ބޭފުޅަކާ ހަވާލާދީ "އަދަދު" ނޫހުގައި ބުނެފައި ވަނީ އަހްމަދު އަވަހާރަވީ ހާޓްއެޓޭކެއްގައި ކަމަށް ބެލެވޭ ކަމަށެވެ.

އަހްމަދުގެ ޖަނާޒާއަށް މިއަދު އާއިލާގެ ބައެއް މެމްބަރުން ދުބާއީއަށް ވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބެ އެވެ.

ރައީސް ސޯލިހުގެ އާއިލާގައި އެއްބަނޑު އެއްބަފާ 12 ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ. އަހްމަދު ހިމެނިވަޑައިގަންނަވާ ގޮތުން ހަތަރު ބޭފުޅުންނަކީ ލޯފަން ބޭފުޅުންނެވެ.

އެ ހަތަރު ބޭފުޅުން ވެސް ޤުރްއާން ހިތުދަސްކުރެއްވުމުގެ މަސައްކަތް ކުރެއްވި އިރު، އަނެއް ތިން ބޭފުޅުންނަކީ ހާފިޒުންނެވެ. އަހްމަދަށް ކޯސް ފުރިހަމަ ނުކުރެވުނީ ދިމާވި ސިއްހީ މައްސަލަތަކެއްގެ ސަބަބުންނެވެ.

comment ކޮމެންޓް