މޭޔަރު އެދިލައްވަނީ ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް ހަތަރު މަސް ދޭން

ހިޔާ ފްލެޓުތަކުގެ އެޕާޓްމެންޓެއް --- ސަން ފޮޓޯ: ފަޔާޒު މޫސާ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރަތްކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ކުރުމަށް ނުވަ މަސް ދިނުމަށް މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައި ފެށި އެ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ 16 ޓަވަރުގެ އެޕާޓްމެންޓުތައް ލިބޭ ފަރާތްތަކަށް ތަން ހަވާލުކުރާއިރު އެތަންތަނުގައި މުށި ޖެހުމާއި ދޮރި ހަރުކުރުމާއި ފަންކާ، ބޮކި ހަރުކޮށް ކުލަލުން ފަދަ މަސައްކަތްތައް ކުރަންޖެހޭނީ ތަން ލިބޭ ފަރާތުން އަމިއްލަ އަށެވެ.

ސަރުކާރާއި އެޗްޑީސީ އިން ބުނެފައިވަނީ ހިޔާ ފްލެޓުތަކުގެ ތަޅުދަނި ހަވާލުކުރުމަށްފަހު، ތަން ނިންމުމަށް ތިން މަސް ދޭނެ ކަމަށާއި އެ މުއްދަތުގައި ކުލި ނުހިނގާނެ ކަމަށެވެ.

މޭޔަރު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތަށް އަމިއްލަ އަށް ހަރަދު ކުރަން ޖެހުމުގެ ސަބަބުން ތިން މަސް ތެރޭ އެކަން ނިންމޭނީ މަދުބަޔަކަށް ކަމަށެވެ.

"މަދުވެގެން ނުވަ މަސް ދުވަސް ފިނިޝިން އަށް ދިނުމަކީ ވަރަށް ގިނަ ރައްޔިތުން އެދެމުންދާ ކަމެއްކަމުން އެކަމަށް މިއަދު އެޗްޑީސީ އާއި ރައީސް އޮފީހުގައި ވާނީ އެދިފައި،" މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރުން ބުނެފައިވަނީ ހިޔާ ފްލެޓު ލިބޭ މީހުންނާއެކު އަންނަ މަހުގެ 14 އިން ފެށިގެން އެއްބަސްވުމުގައި ސޮއިކުރަން ފަށާނެ ކަމަށެވެ. ފްލެޓުތަކުގެ ކުއްޔަކީ މެއިންޓެނެސް އާއެކު 8،500 ރުފިޔާ އެވެ.

comment ކޮމެންޓް