އެޑްވަޓޯރިއަލް: ރާއްޖޭގައި ހިނގާ އަލިފާނުގެ ހާދިސާތަކާއި ކެއްކުމާ ގުޅިފައިވަނީ ކިހާ މިންވަރަކަށްކަން އިނގޭތަ؟

އޮގަސްޓް، 28، 2020: ކުރީގެ ޖަލަޕީނޯ ހިންގި ކެފޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާ: ހާދިސާގައި ހ. ސަންލީޓް ބިލްޑިން (ގަދަގޭ މުހައްމަދުފުޅު ބިލްޑިން) ވަނީ ބޮޑެތި ގެންލުންތަކެއްވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަލިފާނުގެ ހާދިސާތަކަކީ އަޅުގަނޑުމެންގެ މި ކުޑަ ކުޑަ މުޖުތަމައު ތެރޭ އެކަމެއްގެ ތަކުލީފު އެންމެ ބޮޑަށް އުފުލަން ޖެހޭ، އެންމެ އާންމުކޮށް ކުރިމަތިވާ އެއް އިންސާނީ ކާރިސާއެވެ.

މިފަދަ ހާދިސާތައް ކުރިމަތިވާ މައިގަނޑު ސަބަބު ކަމުގައިވާ "ނޭދެވޭ އާދަ"ތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެލައިޑް ވެބިނާ ސީރީޒް؛ "ރައްކާވެތިބިއްޔާ" ގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް ވޮރެންޓް އޮފިސަރު ގްރޭޑް 3 އާސިމް ރަޝީދް ވިދާޅުވީ ނިމިގެންދިޔަ ތިން އަހަރު (2018، 2019 އަދި 2020)ގެ ހިސާބުތަކަށް ބަލާލައިރު އެ މުއައްސަސާއިން އެޓެންޑުވި ޖުމްލަ 674 ހާދިސާގެ ދެބައިކުޅަ އެއްބައި ހާދިސާތަކަކީ ގޭތެރޭގެ އިހުމާލުން ހިނގާފައިވާ އަލިފާނުގެ ހާދިސާތައް ކަމަށެވެ.

އެގޮތުން ކައްކަން އުދާފައި ނިއްވާލަން ހަނދާންނެތިގެން ހިނގާފައިވާ 72 ހާދިސާއާއި ކަރަންޓު އޯވާލޯޑު ކުރެވިގެން ހިނގާފައިވާ 91 ހާދިސާއާއި ސިނގިރޭޓު ރަނގަޅަށް ނިއްވާނުލާ އެއްލާލުމުގެ ސަބަބުން ހިނގާފާއިވާ 32 ހާދިސާއެއްގެ އިތުރުން ސިޑި ގޮޅީގައި ކުނި އެއްކުރުމުގެ ސަބަބު އަސްލަކަށްވެ ހިނގާފައިވާ 163 ހާދިސާއެއް ހިމެނެއެވެ. މިއީ ހައްތާވެސް އަޅުގަނޑުމެން ސަމާލުވެއްޖެ ނަމަ މަދު ކުރެވިދާނެ ހާލަތްތަކެވެ.
މިފަދަ ހާދިސާތައް މަދުކޮށް ގެއްލުން ކުޑަ ކުރުމުގައި ކޮންމެ ފަރުދަކަށްވެސް އިސް ދައުރެއް އަދާކުރެވިދާނެއެވެ.

އަޅުގަނޑުމެންގެ ގެދޮރު އަލިފާނުގެ ހާދިސާތަކަށް ހުށައެޅުމަށް ކުރެވޭ ނޭދެވޭ އަމަލުތަކާއި މެދު ހޭލުންތެރިވެ އެފަދަ އަމަލުތައް މަދުކުރުމަކީ މިކަމަށް އޮތް މައި އެއް ހައްލެވެ. މިސާލަކަށް އުނދުން މަތީގައި އުދާފައި ހުންނަ ތަވައެއްގައި އަލިފާން ހިފައިފި ނަމަ ދެން އަމަލުކުރަން ޖެހޭނީ ކިހިނެއްކަން އިނގިލައްވަނީ ތިއިން ކިތައް ބޭފުޅުންނަށްތޯ އެވެ.

ގިނަ ބޭފުޅުންނަށް ހީވެފައި އޮންނަ ގޮތުގައި މިފަދަ ހާލަތަކަށް އެންމެ އެކަށީގެންވަނީ ފެން ޖެހުމެވެ. ނަމަވެސް މިއީ މުޅިން ކުއް ހީއެކެވެ. ހުޅު ހިފައިފާ ހުންނަ ތެލި ތާސް ފަދަ ތަކެއްޗަށް ފެން ޖެހުމަކީ އަލިފާންގަނޑު އިތުރަށް ފެތުރުމަށް މަގުފަހިވާ، ނުރައްކާތެރި ކަމެކެވެ. އެހެންކަމުން މިފަދަ ހާލަތެއް އައުމުން ކަން ކުރަން ޖެހޭނެ އެންމެ އެކަށީގެންވާ ގޮތަކީ ތާހުގައި މަތި ޖެހުން ނުވަތަ ތާސް މަތީ ތެތް ތުވާއްޔެއް ނުވަތަ ފޮތިގަނޑެއް އެޅުމެވެ.

އަލިފާނުގެ ހާދިސާތައް މެދުވެރިވާ ސަބަބުތަކާއި އެފަދަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތާ މެދު ފަރުދީގޮތުން ހޭލުންތެރިވެ، މައުލޫމާތު ރަނގަޅަށް ދަނެ ތިބުމަކީ ސިކުންތުކޮޅެއް ތެރޭ ފުރާނައާއި މުދަލާއި ގެދޮރު ރައްކާތެރިކުރުމަށް ނެގޭ މުހިންމު އަވަަސް ފިޔަވަޅަކަށް ވާނެއެވެ. މީގެ އިތުރުންވެސް ރައްކާތެރިކަން އިތުރުކޮށް، އަލިފާނުގެ ހާދިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމަށް އިންޝުއަރަންސް ފަދަ އިތުރު އިހްތިޔާރީތަކަކީ ވެސް ވިސްނާލުން މުހިންމު ކަންކަމެވެ.

މިސާލަކަށް ފަޔާ އިންޝުއަރަންސް ޕޮލިސީއެއް ނަގާފައިވާ ފަރާތަކަށް އަލިފާނުގެ ހާދިސާއެއް ކުރިމަތިވެއްޖެ ނަމަ، ލިބުނު ގެއްލުމަށް ބަދަލު ލިބުމުގެ އިތުރުން ވަގުތީ ބޯހިޔާވަހިކަންވެސް ފޯރުކޮށްދެއެވެ. އެހެންކަމުން މިއީވެސް ދަތި އުނދަގޫ، މޮޅިވެރި ހާލަތަކުން އަރައިގަތުމަށް އެހީތެރިވެދޭ ބާރެކެވެ.

comment ކޮމެންޓް