އޮގަސްޓު 12ގެ ކުރިން ބޭސްލައިން ބަޖެޓު ހުށަހަޅަން އަންގައިފި

ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިހާރު އޮފީސްތަކުން ކުރިއަށް ގެންދާ މަސައްކަތްތަކަށް ހިނގާނެ ކަމަށް ލަފާކުރެވޭ ހަދަދުގެ ބަޖެޓު ނުވަތަ ބޭސްލައިން ބަޖެޓު އޮގަސްޓު 12 ގެ ކުރިން ފިނޭންސް އަށް ފޮނުވަން އަންގައިފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވާ އާންމު ކޮށްފައިވާ ބަޖެޓު ސާކިޔުލާގައި ބުނީ ބޭސްލައިން ބަޖެޓު ތައްޔާރުކުރަންވާނީ އެ މިނިސްޓްރީން ތައްޔާރުކޮށްފައިވާ ބަޖެޓު ސީލިން އަށްވުރެ ބޮޑުނުވާނެހެން ކަމަށެވެ.

ބޭސްލައިން ބަޖެޓު ގައި އަލަށް ފެށުމަށް ރާވާ ހަރަކާތްތަކާއިއާ މަޝްރޫއުތައް އަދި އިތުރަށް ނަގަން ގަސްތުކުރާ މުވައްޒަފުންނަށް ބޭނުންވާ ބަޖެޓު ނުހިމެނޭނެ ކަމަށްވެސް ސާކިޔުލާގައި ބުނެފައި ވެއެވެ،

ބަޖެޓު ތައްޔާރުކުރުމާއި ތަންފީޒުކުރުން ހަރުދަނާކުރުމަށް، އަންނަ އަހަރުގެ ބަޖެޓުން ފެށިގެން ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ ޕްރޮގްރާމްތަކަށް ބަހާފައިވާ ބަޖެޓެއް ކަމަށްވެސް ފިނޭންސުން ބުންޏެވެ.

އެގޮތުން ޕްރޮގްރާމްތަކުގެ އޮނިގަނޑު އޮފީސްތަކާ
މަޝްވަރާކޮށް ފައިނަލް ކުރަމުންދާ ކަމަށްވެސް ސާކިޔުލާގައި ބުންޏެވެ.

ސާކިޔުލާގައި ބުނީ އޮގަސްޓުގެ 12 ގެ ނިޔަލަށް ބޭސްލައިން ބަޖެޓު ހުށަނާޅާ އޮފީސްތަކުގެ ބަޖެޓު ތައްޔާރުކުރުމުގެ އިހުތިޔާރު މިނިސްޓްރީ އަށް އޮންނާނެ ކަމަށެވެ.

comment ކޮމެންޓް