އަނެއްކާ ވެސް ކަންގަނާ ކޯޓަށް

ކަންގަނާ....

ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ބަތަލާ ކަންގަނާ ރަނައުތު ބޮމްބޭ ހައި ކޯޓަށް މައްސަލައެއް ހުށައަޅައިފި އެވެ.

ބަތަލާ ކޯޓަށް މައްސަލަ ހުށައެޅީ އޭނާގެ ޕާސްޕޯޓް މުއްދަތު ހަމަވެ އެ އަލުން އާނުކޮށްދިން މައްސަލައިގަ އެވެ. އޭނާގެ ވަކީލު ރިޒްވާން ސިއްދީގީ އެ މައްސަލަ ކޯޓަށް ހުށައެޅުމަށް ފަހު ބުނީ ކަންގަނާގެ ކުރިއަށް އޮތް ފިލްމު "ދާކަޅް" އަށް މި މަހު 15 ވަނަ ދުވަހު ބޭރަށް ފުރަން ހަމަޖެހުނު ނަމަވެސް ޕާސްޕޯޓް އާނުކޮށްދީ ހިފަހައްޓާފައި އޮތުމުން ފިލްމުގެ ޝޫޓިން ނުފެށޭ ކަމަށެވެ. އަދި އެ ފިލްމުގެ ޝޫޓިން އަންނަ އޮގަސްޓް މަހާ ހިސާބަށް ކުރިއަށްދާނެ ކަމަށެވެ. ހަންގޭރީގައި މި ފިލްމުގެ ބައެއް މަންޒަރުތައް ނަގާއިރު ކަންގަނާގެ އަތުގައި އޮތް ޕާސްޕޯޓު އަންނަ ސެޕްްޓެމްބަރު މަހު ހަމަވާނެއެވެ.

އެކި ހިސާބުތަކުން މީހުން ކަންގަނާ އާ ދެކޮޅަށް މައްސަލަތައް ހުށައަޅާފައިވުމުގެ ސަބަބުން ޕާސްޕޯޓް އާ ކޮށެއް ދީފައެއް ނުވެއެވެ. މިހާރުވެސް ކަންގަނާ އާ ދެކޮޅަށް ލައްކަ ގިނަ މައްސަލަ ހުށައަޅާފައިވެ އެވެ.

ބަތަލާ ކަންގަނާގެ އަތުގައި މިވަގުތު ގިނަ ފިލްމުތަކެއް އެބަހުއްޓެވެ. އެއީ "ދާކަޅް"، "ތަލައިވީ" އަދި "ތޭޖާސް" އެވެ. ތަލައިވީގެ ޓްރެއިލާ މިހާރު އާންމުކޮށްފައިވާއިރު ބެލެވޭ ގޮތުގައި އެ ފިލްމަކީ ކަންގަނާގެ ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް ރިލީޒްކުރާނެ ފިލްމެވެ.

comment ކޮމެންޓް