ލާމަރުކަޒީ ގާނޫޫނާ ފުށޫއަރާ 6 ގާނޫނަކަށް އިސްލާހު ގެނައުމުގެ ބިލު ހުށަހަޅައިފި

ބަންޑާރަނައިބު އިބްރާހިމް ރިއްފަތު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި އެ ގާނޫނުގެ މަގްސަދުތަކާ ތައާރުޒުވާ ހަ ގާނޫނަކަށް އިސްލާހު ގެނައުމުގެ ބިލުތައް އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް ހުށަޅައިފި އެވެ.

ލާމަރުކަޒީ ގާނޫނާއި އެ ގާނޫނުގެ މަގްސަދުތަކާ ތައާރުޒުވާ ކަމަށް ފާހަގަވެ، އިސްލާހު ކުރަން މަޖިލީހަށް ހުށަހެޅުމަށްޓަކައި އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް ފޮނުވި ބިލުތަކަކީ؛

  • ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނު
  • ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނު
  • ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ގާނޫނު
  • ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު
  • ދިވެހިރާއްޖޭގެ މާލިއްޔަތުގެ ގާނޫނު
  • އެއްގަމު ދަތުރުފަތުރުގެ ގާނޫނު

ލާމަރުކަޒީ ގާނޫނާއި އެ ގާނޫނުގެ މަގްސަދުތަކާ ތައާރުޒުވާ ގާނޫނުތަކަށް އިސްލާހު ގެނައުމަށްޓަކައި ދައުލަތުގެ ބަންޑާރަނައިބު މަޖިލީހަށް ހުށަހަޅުއްވަންވާނެ ކަމަށް އެ ގާނޫނަށް ގެނައި ނުވަވަނަ އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.

އެއީ އެ އިސްލާހަށް އަމަލުކުރަން ފެށިތާ ހަ މަސް ދުވަހުގެ ތެރޭގަ އެވެ. އެ އިސްލާހަށް އަމަލުކުރަން ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުގަ އެވެ.

comment ކޮމެންޓް