އަބުރާ ބެހުމުން ބަދަލު ނަގައިދިނުމުގެ ގަވައިދު ގާނޫނަކަށް ހަދަނީ

ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ދެ ވަނަ ދައުރަށް ސަރުކާރުގެ ފަރާތުން ހުށަހަޅާ ބިލުތައް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު އާންމުކޮށްފި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު އާންމު ކުރި ލިސްޓުގައި 19 ބިލެއް އެބަ އޮތެވެ. ލިސްޓުގައި ހިމެނޭ ފަސް ބިލަކީ އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ބިލުތަކެވެ.

އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ބިލުތަކުގެ ތެރޭގައި އަބުރުގެ ބަދަލު ނަގައިދިނުމުގެ ގަވައިދު ވެސް ހިމެނެ އެވެ. ދެން ހިމެނެނީ އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާ ބެހޭ ބިލާއި، ޖަނަވާރުގެ ސިއްހަތާ ބެހޭ ބިލާއި، ކާބޯތަކެތި ރައްކާތެރިކުރުމުގެ ބިލާއި ގިންތި ކަނޑައެޅުމާއި ދަރަޖަކުރުމުގެ ބިލެވެ.

އޭޖީ އޮފީހުން އާންމުކުރި ލިސްޓުގައި ހިމެނޭ ބިލުތަކުގެ ތެރެއިން މިހާތަނަށް މަޖިލީހަށް ފޮނުވާފައި ނުވަނީ ހެއްކާ ބެހޭ ބިލާއި، އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލާއި، ގިންތި ކަނޑައެޅުމާއި ދަރަޖަކުރުމުގެ ބިލާއި، އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލާއި އަދި ނެތި ދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ވިޔަފާރިކުރުމާ ބެހޭ ބިލެވެ.

comment ކޮމެންޓް