އާ ފީޗާސްތަކާއެކު ބީއެމްއެލް އެޕަށް ބަދަލު ގެންނަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެޕްލިކޭޝަނަށް ބަދަލު ގެނެސް ލޯންޗު ކުރަން ތައްޔާރުވެއްޖެ އެވެ.

ބީއެމްއެލް އިން ބުނީ ކުރިއަށް އޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި އާ އެޕް ބަދަލުތަކާއެކު ފެންނާނެ ކަމަށެވެ. މި ބަދަލު ގެންނަނީ ޒަމާނީ ފީޗާސްތަކާއެކު ފަސޭހަކަމާއެކު ހިދުމަތް ހޯދޭނެ ގޮތަކަށް ގެންނަ ބަދަލެއް ކަމަށް ވެސް ބެންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނީ އެޕްލިކޭޝަނަށް ގެންނަ ބަދަލުތަކާއެކު މިހާރަށްވުރެ ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ހޯދޭނެ ކަމަށާއި ކަސްޓަމަރުން ބޭނުންވާ ފަދަ މުހިންމު ބަދަލުތަކެއް އެޕުން ފެންނާނެ ކަމަށެވެ.

ބޭންކުން ބުނީ އެންމެ ބޮޑު އަމާޒަކީ ހިދުމަތްތައް ޑިޖިޓަލްކޮށް، ލުއިފަސޭހަ ކަމާއެކު ހިދުމަތް ދިނުމަށާއި ކަސްޓަމަރުން ކޮންމެތާކު ހުރެގެންވެސް ބޭންކިން ހިދުމަތް ހޯދެނޭގޮތް މަގުފަހިކޮށްދިނުން ކަމަށެވެ.

ބީއެމްއެލް އަކީ އެންމެ ފުުރަތަމަ ރާއްޖެއަށް މޮބައިލް ބޭންކިންގ ތައާރަފް ކުރި ބޭންކެވެ. ބީއެމްއެލް އިން މޮބައިލް ބޭންކިން ތައާރަފްކޮށްފައިވަނީ 2015 ވަނަ އަހަރު އެވެ.

comment ކޮމެންޓް