ލ. ކޮވިޑް ފެސިލިޓީގައި އިތުރު މީހަކު މަރުވެއްޖެ

ކޮވިޑުގައި މަރުވި މީހެއްގެ ޖަނާޒާ -- ސަން ފޮޓޯ: ފަޔާޒު މޫސާ

ލ. އަތޮޅު ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ ލ. ކޮވިޑް މެނޭޖުމެންޓު ފެސިލިޓީގައި އެޑްމިިޓުކޮށް ފަރުވާ ދެމުން ދިޔަ 59 އަހަރުގެ ދިވެހި އަންހެނަކު ރޭ 9:23 ހާއިރު މަރުވެފައިވާ ކަމަށެވެ.

މިއީ ކޮވިޑުގައި ރާއްޖޭން މަރުވި 199 ވަނަ މީހާ އެވެ. މާލެ ފިޔަވައި އެންމެ ގިނަ ބަޔަކު ބަލީގައި މަރުވެފައި ވަނީ ލ. އަތޮޅުންނެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު އެންމެ ގޯސްވީ މިދިޔަ މެއި މަހު އެވެ. މެއި މަހު އެކަނި ވެސް 80 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ކޮވިޑުގައި މަރުވާ މީހުންގެ ތެރޭ އުމުރުން ދުވަސްވީ އަދި ދާއިިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުން ގިނަ ނަމަވެސް މި ފަހުން އައި ރާޅުގައި ޒުވާނުންވެސް ވަނީ ބަލީގައި މަރުވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް