އުރީދޫ ހަލުވި އިންޓަނެޓް ލ. ކަލައިދޫއަށް

ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ލ. ކަލައިދޫއަށް މިއަދު ތައާރަފްކޮށްފިއެވެ.

ހަލުވި އިންޓެނެޓް 100 އެމްބީޕީއެސްއަށް ލިބޭނެ ކަމަށް އެ ހިދުމަތް ލ. ކަލައިދޫއަށް މިއަދު ތާރަފްކުރުމާއެކު, ހާއްސަ ޕްރޮމޯޝަނެއްވެސް އެ ކުންފިން ވަނީ ތައާރަފްކޮށްފައެވެ. އެގޮތުން, ސުޕަނެޓްގެ ހިިދުމަތް ލ. ކަލައިދޫއިން ބައްލަވައިގަންނަ ފުރަތަމަ 20 ފަރާތަކަށް މައިކްރޮސޮފްޓް 360 ލައިސެންސްވެސް ލިބިވަޑައިގަންނަވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އޭގެ އިތުރުން ޔޫއެފާ ޔޫރޯ 2020އަށް ހާއްސަކޮށް ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަންގެ ދަށުން މެޗުތައް ބަލާލުމަށް ސުޕަނެޓް 50އެމް އަދި 100އެމް ނަންގަވާ ކަސްޓަމަރުންނަށްވެސް ސޮނީ ލިވް ޕްރީމިއަމް ކޮންޓެންޓްއަށް އެއް މަސް ދުވަހުގެ ސަބްސްކްރައިޕްޝަން މުޅިން ހިލޭ ލިބިގެންދާނެ ކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ, ކޮވިޑް ބަލިމަޑުކަމުގައި ދިމާވެފައިވާ ދަތިތަކާއެކުވެސް އެ ކުންފުނިން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން މިދަނީ, ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ.

މި ހާލަތުގައި އިންޓަނެޓް ބޭނުންކުރަން ޖެހޭ މިންވަރު އިތުރުވެ, އިންޓަނެޓްގެ މުހުންމަކަން އިތުރުވެފައިވާ މި ދަނޑިވަޅުގައި, މިއަދު ކަލައިދޫއަށް އުރީދޫ ހޯމް ބްރޯޑްބޭންޑް, ސުޕަނެޓް ރައްޔިތުންަށް ފޯރުކޮށްދިނުމަކީ, ކުންފުންޏަށް ލިބުނު ވަރަށް ބޮޑު އުފަލެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ

"ކުރިއަށް އޮތް ތަނުގައިވެސް ދިވެހި ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށް ކުރިއެރުން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރަމުންދާނެކަމުގެ ޔަގީންކަން އަރުވަން." އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވިއެވެ.

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން އިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަރނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ.

މި ބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު 68 ޕަސަންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދެއެވެ. އެގޮތުން ކަލައިދޫގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ހިދުމަތް، ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެ ކަމަށް އުރިދޫއިން ބުންޏެވެ.

މި ހިދުމަތް ހޯއްދެވުމަށް ނުވަތަ ސުޕާނެޓް ޕެކޭޖްތަކާއި ބެހޭ އިތުރު މައުލޫމާތު މި ލިންކް އިން ލިބޭނެ އެވެ.

comment ކޮމެންޓް