ޝަރީފް އިލެކްޝަންސް ކޮމިޝަނުން އިސްތިއުފާ ދެއްވައިފި

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު -- ފޮޓީޯ/ މަޖިލިސް

އިލެކްޝަންސް ކޮމިޝަންގެ ރައީސް، އަހްމަދު ޝަރީފް އެ ކޮމިޝަނުން އިސްތިއުފާ ދެއްވައިފި އެވެ.

ޝަރީފް ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮމިޝަންގެ މެމްބަރު ކަމުން މިއަދު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. ނަމަވެސް ސަބަބެއް ހާމަކުރައްވާފައެއް ނުވެ އެވެ.

ޝަރީފް ވިދާޅުވީ ވޭތުވެ ދިޔަ ތިން އިންތިހާބުގައި އިހްލާސްތެރިކަމާއި އަމާނާތްތެރިކަމާ ޢެކު މަސައްކަތް ކޮށްދެވުނު ކަމުގެ ހިތްހަމަޖެހުން އެބަ އޮތް ކަމަށެވެ.

"ކުރިމަގުގައި ވެސް ރައްޔިތުންގެ ހިދުމަތުގައި ފެންނާނެ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ފޯނަށް ޖަވާބުނުދެއްވާތީ، މިކަމާ ގުޅިގެން އިތުރު ތަފްސީލެއް ނުލިބުނެވެ.

ޝަރީފަކީ މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމު ވެސް އަދާކުރެއްވި ބޭފުޅެކެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރެއްވި އެވެ.

ޝަރީފް އީސީގެ ރައީސްކަމަށް ހަމަޖައްސާފައި ވަނީ، ކުރީގެ ސަރުކާރުގައި 2018 ވަނަ އަހަރުގެ މާޗު ހަ ވަނަ ދުވަހު އެވެ.

comment ކޮމެންޓް