ދޮޅުމަހަށްވުރެ ގިނަ ދުވަހަށްފަހު މާފުށި އާންމު ހާލަތަށް

ކ. މާފުށި - ސަން ފޮޓޯ/ ފަޔާޒު މޫސާ

ކ. މާފުށީގެ މޮނިޓަރިންގެ ހާލަތު އުވާލައި ރަށް އާންމު ހާލަތަކަށް ގެންގޮސްފި އެވެ.

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ގެސްޓްހައުސްގެ ވިޔަފާރިކުރާ މާފުށި މޮނިޓަރިން އަށް ލާފައިވަނީ އޭޕްރީލް 20 ވަނަ ދުވަހު އެވެ. އެދުވަހުން ފެށިގެން މޮނިޓަރިން އުވާލުމާ ހަމައަށް 621 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

މާފުށީ ހެލްތު ސެންޓަރުން ބުނީ ރަށް މޮނީޓަރިން އިން ނެގުމަށް ރެންޑަލް ސާމްޕަލްގެ ގޮތުގައި ގިނަ އަދަދެއްގެ ސާމްޕަލް ނެގި ކަމަށާއި ރައްޔިތުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށެވެ.

މިހާރު އެ ރަށުގައި އެކްޓިވް ކޭސްގެ ގޮތުގައި އޮތީ ހަ ކޭސް އެވެ.

ކޮވިޑު19 ގެ ކޮމިޔުނިޓީ ސްޕްރެޑު ފެންނަ ރަށްރަށް މޮނިޓަރިން އިން ނަގަނީ ރެންޑަމް ސާްމްޕަލްގެ ގޮތުގައި ނަގާ ސާމްޕަލްތަކުން ޕޮޒިޓިވްވާ އަދަދު ވަކި އިންސައްތައަކަށް ދަށް ވުމުންނެވެ.

ދޮޅުމަހަށް ފަހު މާފުށީގެ މޮނިޓަރިން މިއަދު އުވާލި އިރު އަދިވެސް ގިނަ ރަށްތަކެއް މޮނިޓަރިންގައި އެބައޮތެވެ. މިދިޔަ މެއި މަހު ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވިނަމަވެސް ފިޔަވަޅުތައް ހަރުކަށިކުރުމާއެކު މިހާރު ވަނީ ކޭސްތަކުގެ އަދަދު މަދުވާން ފަށައިފަ އެވެ.

comment ކޮމެންޓް