އައިޖީއެމްއެޗު ކައިރީ އެމްޑަބްލިއުއެސްސީ އިން ޓެކްސީ ސްޓޭންޑެއް

އައިޖީއެމްއެޗުގައި އެމްޑަބްލިއުއެސްސީ އިން ހެދި ޓެކްސީ ސްޓޭންޑް --- ފޮޓޯ: އެމްޑަބްލިއުއެސްސީ

މާލޭ ވޯޓާ އެންޑް ސްވަރޭޖު ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ އިޖުތިމާއީ ޒިންމާގެ ދަށުން އައިޖީއެމް ހޮސްޕިޓަލު ކައިރީ ހެދި ޓެކްސީ ސްޓޭންޑު ބޭނުންކުރަން ފަށައިފި އެވެ.

އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން 1.2 މިލިއަން ރުފިޔާ ހަރަދުކޮށްގެން ޓެކްސީ ސްޓޭންޑެއް ހަދާފައި ވަނީ ކަނބާ އައިސާ ރަނި ހިނގުމަށްވާގޮތަށް ހޮސްޕިޓަލުގެ މައި ދޮރާށި ފަޅީގައެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ޓެކްސީ ސްޓޭންޑެއް މަގްސަދަކީ، އައިޖީއެމްއެޗުގެ މެއިން އެންޓްރެންސް ސަރަަހައްދުން ޓެކްސީގެ ހިދުމަތް ހޯދާ މީހުންނަށް ކުރިމަތިވަމުންދިޔަ ދަތިތަކަށް ހައްލު ހޯދައިދިނުން ކަމަށެވެ.

އެގޮތުން، ވިއްސާރަ ދުވަސްވަރު އެ ސަރަަހައްދުގައި ޓެކްސީ ހޯދަން މަޑުކޮށްގެން ތިބެވޭނެ ހިޔާވަހިކަމެއް ނެތުމުން ދިމާވާ ދަތިތަކާއި، ޓެކްސީ ހޯދާ މީހުންނަށް ހިޔަލުގައި މަޑުކޮށްލައި، ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށް އިށީނދެ ތިބެވޭނެ ތަނެއް ނެތުމުގެ މައްސަލައަށް، ހައްލެއް ހޯދައިިދިނުން ކަމަށެވެ.

އަމާޒަކީ،ކުރިމަގު ގައިވެސް ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން، މުޖްތަމައުގެ ކުރިއެރުމާއި ލާބައަށް އެކި މަސައްކަތްތައް ކޮށްދިނުން ކަމަށް އެމްޑަބްލިއުއެސްސީ އިން ބުންޏެވެ.

comment ކޮމެންޓް