ކަރީނާ ބޮއިކޮޓްކުރަން ގޮވީ މިހެންވެ!

ބަތަލާ ކަރީނާ ކަޕޫރު--

ބޮލީވުޑްގެ ބަަތަލާ ކަރީނާ ކަޕޫރު ބޮއިކޮޓްކުރަން ޓްވިޓާގައި ގޮވާލައިފި އެވެ.

ބަތަލާ ކަރީނާ ބޮއިކޮޓްކުރަން ގޮވާލީ މައިތޮލޮޖިކަލް ފިލްމު "ސީތާ" ކުޅެން ކަރީނާ 12 ކުރޯޑު ރުޕީސްގެ އަގެއް ކިޔުމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެއީ ގާތްގަނޑަކަށް 1.6 މިލިއަން ޑޮލަރެވެ. ކަރީނާ ބޮއިކޮޓްކުރަން ގޮވާލިއިރު އާންމުން ވަނީ އެކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.

"ސީތާ" އަކީ ބުދު ދީނުގެ ވާހަކަ ކިޔައިދޭ ފިލްމަކަށް ވެފައި އެ ފިލްމު ކުޅެދޭން އެހާ ބޮޑު އަގެއް ކިޔުމުން ގިނަ ބަޔަކު ވަނީ ކަރީނާ ބޮއިކޮޓްކުރަން ގޮވާފަ އެވެ. އަދި ސީތާ ކެރެކްޓާ ކުޅެން ކަރީނާއަށް ވުރެ މާ މޮޅު މީހުން ބޮލީވުޑްގައި އެބަ ތިބި ކަމަށް ވެސް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.

ބަތަލާ ކަރީނާ އާންމުގޮތެއްގައި ފިލްމެއް ކުޅެދީ އުޅެނީ 8-6 ކުރޯޑު ރުޕީސްގެ އަގަކަށެވެ. އެހެންކަމުން 12 ކުރޯޑު ވެގެންދާނީ އޭނާ ފިލްމު ކުޅެދޭ އަގާ ބަލާއިރު ދެ ގުނަ އިތުރު އަދަދަކަށެވެ.

މީގެ ހަތަރު މަސްކުރިން ދެވަނަ ދަރިފުޅު ވިހޭ ކަރީނާ އަދި އެނބުރި މަސައްކަތަކަށް ނުދެ އެވެ.

comment ކޮމެންޓް