ޔޫރޯ 2020: ޝިކްގެ ޖާދުލާއެކު ޗެކް ރިޕަބްލިކަށް ފުރިހަމަ މޮޅެއް

ޗެކުގެ ފުރަތަމަ ގޯލަށްފަހު އެޓީމުން އުފާފާޅުކުރަނީ --- ފޮޓޯ/ ލައިވްސްކޯ

ޔޫއެފާ ޔޫރޯ 2020 ގެ މިރޭ ކުޅުނު ފުރަތަމަ މެޗުގައި ޕެޓްރިކް ޝިކް ކާމިޔާބު ކުރި ދެ ލަނޑާ އެކު ޗެކް ރިޕަބްލިކުން، ސްކޮޓްލޭންޑްގެ މައްޗަށް ކުރި ހޯދައިފި އެވެ.

މިރޭ ސްކޮޓްލެންޑުގެ ގްލާސްގޯގައި ހުންނަ ހެމްޕްޑެން ސްޓޭޑިއަމުގައި ކުޅުނު މެޗުން ޗެކް ރިޕަބްލިކް މޮޅުވީ 2-0 ނަތީޖާއަކުންނެވެ. މިއީ 25 އަހަރަށްފަހު ސްކޮޓްލޭންޑުން ޔޫރޯގެ ނުކުން ފުރަތަމަ މެޗަށްވީ އިރު، ޗެކް ރިޕަބްލިކަށް އެކަންވީ މެޗުގެ އެންމެ ބޮޑު ޗެލެންޖަށެވެ. ސްކޮޓްލޭންޑުގެ ސަޕޯޓަރުންގެ ކުރިމަތީގައި ވެސް ޗެކް ރިޕަބްލިކުން މޮޅު ކުޅުމެއް ދެއްކި އިރު، އެ މެޗުގެ އެންމެ ބޮޑު ތަރިއަކަށްވީ މެޗުގައި ޗެކުން ޖެހި ދެ ގޯލު ވެސް ޖަހައިދިން ޝިކް އެވެ.

މި މެޗު ފަށައިގެން ފުރަތަމަ މިނިޓުން ފެށިގެން ވެސް ދެ ޓީމުން ދިޔައީ ކުރިއަށް ޖެހިގެން ކުޅެން މަސައްކަތް ކުރަމުންނެވެ. އެކަމަކު ފުރަތަމަ މެޗުގެ ނުރައްކާތެރި ޝޮޓް ފޮނުވާލީ ޗެކް ރިޕަބްލިކް އިންނެވެ. މެޗުގެ 15 ވަނަ މިނިޓްގައި އޭރިއާބޭރުން ޗެކް ރިޕަބްލިކްގެ ޝިކް ޖެހި ބޯޅަ ސްކޮޓްލެންޑް ކީޕަރު ޑޭވިޑް މާޝަލް ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފް ނިމިނިމި އޮއްވައި ޗެކަށް ލީޑު ނަގައިދިނީ ޝިކެވެ. ހާފް ނިމިގެން ދިޔައީ ޝައުގުވެރި ކުޅުމަކަށްފަހުއެވެ. ހާއްސަކޮށް ދެކޮޅަށްވެސް އެޓޭކްކޮށް އޯޕަން ކުޅުމެއް ދެޓީމުންވެސް ކުޅުން ވެގެންދިޔައީ ސަޕޯޓަރުންނަށް ލިބުނު ބޯނަހަކަށެވެ.

އަދި ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި ޝިކް ވަނީ ހިތްގައިމު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްދީފައެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ދަނޑުގެ މެދު ރޮނގާ ހަމައިން ފޮނުވާލި ހަމަލާއަކުންނެވެ.

މި ލަނޑަށްފަހުވެސް ޗެކް ރިޕަބްލިކުން ވަނީ ސްކޮޓްލެންޑުގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެކަމަކު މި ހަމަލާތަކުގެ ހުރަހަކަށްވީ ސްކޮޓްލެންޑް ގޯލްކީޕަރު ޑޭވިޑް މާޝަލްއެވެ.

ސްލޮވޭކިއާގެ ނަމުގައި 1976 ގެ ޔޫރޯގެ ޗެމްޕިއަންކަން ހޯދި ޗެކްގެ ޓީމު ޔޫރޯގައި މޮޅެއް މި ހޯދީ ނުވަ އަހަރަށް ފަހު އެވެ. ފްރާންސްގައި 2016 ގައި ބޭއްވި، ޔޫރޯގެ ގްރޫޕް ސްޓޭޖުން ޗެކް ކަޓައިގެން ދިޔައީ އެއްވެސް މެޗަކުން މޮޅު ނުވެ އެވެ.

comment ކޮމެންޓް