މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރި ފަރުވާ ދެނީ

ލޮލަށް ބުޅި ހެރުނު މަސްވެރިޔާ އަވަސް ފަރުވާއަށް ގެންދަނީ -- ފޮޓޯ: އެމްއެންޑީއެފް

މަސްވެރިކަން ކުރަން ނިކުމެ އުޅުނު ދޯންޏެއްގެ ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ، ބުޅިއެއް ހެރުނީ އައްޑޫ ގަން ބޮއެ ކައިރީގައި މަސްވެރިކަން ކުރަން ނިކުމެ އުޅުނު "ރަސްއައިނު" ދޯނީގައި ހުރި، މެދުއުމުރުގެ ދިވެއްސެއްގެ ލޮލަށް ކަމަށެވެ.

އެކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުނީ މިއަދު ހެނދުނު 06:12ގައި ކަމަށާއި، ހާދިސާގެ މައުލޫމާތު ލިބުމާ އެކު، އެމީހާއަށް އަވަސް ފަރުވާ ދިނުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާ އެކު ސީއެންބިއުލައިންސްގައި ބަލިމީހާ އައްޑޫ ސިޓީ ފޭދޫއަށް ގެންގޮސްފައިވާ ކަމަށެވެ.

މަސްވެރިންގެ ލޮލަށް ބުޅި ހެރުމުގެ ހާދިސާތައް ދިމާވާ މިންވަރު ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

comment ކޮމެންޓް